މިއަހަރުގެ "ބީއެމްއެލް ވާއު ކިޑްސް ރަން" ކާމިޔާބުކަމާއެކު ނިންމާލައިފި

ގައުމީ ބޭންކް ބީއެމްއެލާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ "ބީއެމްއެލް ވާއު ކިޑްޒް ރަން"ގެ މި އަހަރުގެ ދުވުން ނިންމާލައިފިއެވެ. ބީއެމްއެލުން ބުނީ މި އަހަރުގެ ދުވުމުގައި ވެސް ހަތަރު އުމުރުފުރައަކުން ހާހަކަށްވުރެ ގިނަ ކުދިން ބައިވެރިވި ކަމަށެވެ. މިއަހަރުގެ "ބީއެމްއެލް ވާއު ކިޑްސް ރަން"ގެ ތެރެއިން --- ސަން ފޮޓޯ: މޫސާ ނަދީމް މި އަހަރުގެ ދުވުމުގައި ދެ އަހަރާއި ތިން އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު އެއް ކިލޯމީޓަރު ދުވިއިރު، ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިން ބެލެނިވެރިންނާއެކު ދުވީ ދެ ކިލޯމީޓަރެވެ. މި ދުވުމުގައި ހަތް އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާއަށް ތިން ކިލޯމީޓަރު ދުވިއިރު، ދިހަ އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ދުވީ ހަތަރު ކިލޯމީޓަރެވެ. ދުވުމުގައި ބައިވެރިވެ، ދުވުން ނިންމި ކުދިންނަށް މެޑަލް ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ޗެއާޕާސަން އަހްމަދު އަލީ ހަބީބުގެ އިތުރުން ބޭންކުގެ އޮފިޝަލުންނެވެ. މިއީ، މަޖާ ހަރަކާތްތަކާއި ކުޅިވަރު ސްޓޭޝަންތަކާ އެކު ސިލްސިލާކޮށް ބާއްވަމުން އަންނަ މި ދުވުމުގެ ހަރަކާތް ބޭއްވި ދިހަވަނަ އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ