ނުގަވައިދުން ބިދޭސީއަކު ހިންގި ކެފޭއަކުން ވިސާ ނެތް 3 ބިދޭސީން ހިފަހައްޓައިފި

މާލޭގައި ގަވައިދާ ޚިލާފަށް, ބިދޭސީއަކު ހިންގަމުންދިޔަ ކެފޭއަކުން ތިން ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ، އެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ބިދޭސީ ދެ ފިރިހެނަކާއި ބިދޭސީ އަންހެނަކު ކަމަށެވެ. މާފަންނުގައި ބިދޭސިއަކު އިސްވެ ގަވައިދާ ޚިލާފަށް ހިންގަމުން ދިޔަ އެ ކެފޭއިން އެ ޚިދުމަތުގެ ބެލުމުގެ ދަށަށް އެ ތިން ބިދޭސީން ގެންދިޔައީ އަތުގައި ސައްހަ ވިސާއެއް ނެތުމުންކަމަށް ވެސް، އިމިގްރޭޝަނުން ބުންޏެވެ. އިމިގްރޭޝަނުން އަންނަނީ މިފަދަ ރެއިޑް އޮޕަރޭޝަންތައް ދޭތެރެ ދޭތެރެއިން މާލޭ ސަރަަހައްދުގައާއި އަތޮޅު ތެރޭގައި ވެސް ހިންގަމުންނެވެ. https://x.com/ImmigrationMV/status/1966547380880502862 މި ކަން ކުރަމުން ގެންދަނީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މި ދައުރުގެ ފުރަތަމަ ތިން އަހަރު ތެރޭގައި ހައްލުކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ އަމާޒުގެ ތެރެއިންނެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު ގަވައިދަށް އުޅުމަށް ފުރުސަތު ދެއެވެ. ނުވަތަ އަމިއްލަ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދެއެވެ. ފާހަގަކުރެވޭ ގޮތުގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތުތައް އެއްކޮށް ގަވާއިދަށް ފެއްތުމުގެ ގޮތުން މިދިޔަ އަހަރުގެ މޭ މަހު ކުރީކޮޅު ފެށި "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އެއް އަހަރު ތެރޭ 160،000 އަށް ވުރެ ގިނަ ބިދޭސީންގެ އިނގިލީގެ ނިޝާނާއި ފޮޓޯ ރައްކާކުރެވިފައިވާ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ