ގިނަ އަދަދެއްގެ ސިނގިރޭޓާއެކު މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިރަެ ބުނީ ހުޅުމާލެ ކަންނެލި ޖެޓީ ކައިރީން މީހަކު، ރަށުތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމުން އެ މީހާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ މީހާއާ އެ މީހާ ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓް ފޮއްޓާއި ދުންފަތާއި ސިނގިރޭޓް ފިލްޓަރާއި ރިޒްލާ ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން 53،000އަށް ވުރެ ގިނަ ރުފިޔާއާ ސިނގިރޭޓް އަނބުރާ ބޮކްސްއެއް ފެނިފައިވާ ކަމަށާ އެހެން ކަމުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރުމުގެ ތުހުމަތުގައި އެ މީހާ ވަނީ ހައްޔަރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާގެ ވަނަވަރު ވަނީ ނެރެފަ އެވެ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓާއެކު ސައްދާމް ހުސައިން ހައްޔަރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ