އަލިހުރަސް ކަނޑަށް ޑައިވިން ދޯންޏެއް އަޑިއަށް ގޮސް އޭގެ ބައިތަކާއި ތަކެތި އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފި އެވެ.
ސިފައިންގެ މީޑިއާ ޓީމުން ދެންމެ ފޮނުވި މެސެޖެއްގައި ބުނީ އަޑިއަށް ގޮސްފައިވަނީ އއ. ރަސްދޫއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް ކަމަށެވެ. މި ނޫހުން ގުޅުމުން އެމްއެންޑީއެފް ގެ މީޑިއާ ޓީމުން ބުނީ ދޯނި ދަތުރުކުރަމުން ދިޔައީ ސަފާރީއަކާއެކު ކަމަށާއި ދޯނީގައި ތިބި މީހުން ސަފާރީއަށް ނަގާފައިވާ ކަމަށެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
މި ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް ކަމަށް ސިފައިން ބުނެ އެވެ. އޭގެ ބައިތަކާއި ތަކެތި އޮޔާ ދަނީ ރަސްދޫ އިރުމައްޗަށް ވާ ގޮތަށެވެ.
"އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން،" އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެ، މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރުނީ މެދުރާއްޖެތެރެ އާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މެންދުރު 2:30 އިން ފެށިގެން މިރޭ 20:30 ގެ ނިޔަލަށެވެ.
މެޓްއޮފީހުން ބުނީ ރާއްޖެގެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރުގަދަވެ، އޮކްޓޯބަރު 17، ގެ ނިޔަލަށް ރާއްޖެއަށް މުސުން ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. ހާއްސަކޮށް ދެކުނާއި މެދުރާއްޖެ ހިމެނޭ ސަރަހައްދަށް ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެ އެވެ.
އަލިހުރަސް ކަނޑަށް ޑައިވިން ދޯންޏެއް އަޑިއަށް ގޮސްފި އަލިހުރަސް ކަނޑަށް ޑައިވިން ދޯންޏެއް އަޑިއަށް ގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ