މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިން ނަމަވެސް ފަހަތަށް ނުޖެހި ބްރޯޑްކާސްޓް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެ ޓީވީ ޗެނަލުން ދީފި އެވެ.
ރާއްޖެ ޓީވީއަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 16، ގައި އެ ޓީވީއާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ބެލުމަށް ފަހު އެވެ. އިއްޔެ ބްރޯޑްކޮމްއިން ވަނީ އެ ޗެނަލަށް އެކަން އަންގާފަ އެވެ.
"މިއަދު ހެނދުނުން ފެށިގެން އަޅުގަނޑުމެން މި ގެންދަނީ މި އެއްވުން ލައިވްކުރަމުން. ބޭނުން ވާހަކައެއް، ބޭނުން ގޮތަކަށް މިނިވަންކަމާއެކު ނޫސްވެރިން ދައްކަމުން އެގެންދާ ހުރިހާ އެއްޗެއް އަޅުގަނޑުމެން މި ދަނީ ދައްކަމުން. އަޅުގަނޑުމެން ފަހަތަކަށް ނުޖެއްސޭނެ. ލައިވް ވެސް ކުރާނަން. އަޅުގަނޑުމެންގެ ނޫސްވެރިން ލިޔަން ވެސް ލިޔާނެ،" ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް ވިދާޅުވި އެވެ.
ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނީ މާޗު 12، ގައި "އެމްޑީޕީގެ ކުއްލި އެއްވުން" ނަމުގައި އެ ޓީވީން ދެއްކި ބްރޯޑްކާސްޓެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އެފަދަ އެއްވުންތައް ވެސް ދައްކާނެ ކަމަށް ރާއްޖެ ޓީވީން މިއަދު ބުންޏެވެ.
ރާއްޖެ ޓީވީއަށް ދެކޮޅަށް ފިޔަވަޅު އެޅީ މައްސަލައަކީ އެމްޑީޕީގެ އެއްވުމެއްގައި އެ ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު (މަންދީ) ދެއްކެވި ވާހަކައަކާ ގުޅުވައިގެންނެވެ. މަންދީ ދެއްކި ވާހަކައާ ގުޅިގެން ފަސްޓް ލޭޑީ ސާޖިދާ ކޯޓަށް ވެސް އެ މައްސަލަ ހުށަހެޅި އެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެކި ފަހަރު މަތިން ރާއްޖެ ޓީވީއަށް އިންޒާރު ދީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރި އެވެ. އަދި ރާއްޖެޓީވީގެ ސްޓޭޝަން ރޯކޮށްލައި ތަކެއްޗަށް ވެސް އެކި ފަހަރު މަތިން ގެއްލުން ދީފައި ވެ އެވެ. މީގެ އިތުރުން 2018 ވަނަ އަހަރު ވެސް ބްރޯޑްކޮމްއިން ރާއްޖެޓީވީއަށް އިންޒާރު ދިނުމާ ގުޅިގެން ރާއްޖެ ޓީވީގެ ބްރޯޑްކާސްޓް ވެސް އެއް ދުވަހަށް މެދުކަނޑާލާފައި ވެ އެވެ.
އިންޒާރު ދިނަސް ފަހަތަށް ނުޖެހި ބްރޯޑްކާސްޓް ކުރާނަން: ރާއްޖެޓީވީ އިންޒާރު ދިނަސް ފަހަތަށް ނުޖެހި ބްރޯޑްކާސްޓް ކުރާނަން: ރާއްޖެޓީވީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ