42 ވަަނަ އޭޝިއަން ބޭންކަރސް ކޮންފަރަންސް ރާއްޖޭގައި, ބާއްވަނީ ބީއެމްއެލުން

އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ
އާންމު ބައްދަލުވުމާއި ކޮންފަރެންސް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.
އޭބީއޭގެ އަހަރީ ބައްދަލުވުމާއި ކޮންފަރަންސް އަންނަ އަހަރު ރައްޖޭގައި ބޭއްވުމަށް ނިންމިއިރު، މި ކޮންފަރެންސް މިފަހަރު ބާއްވާނީވެސް ބީއެމްއެލުންކަމަށް ވަނީ ނިންމާފައެވެ. މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން
އިއުލާންކުރީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ
ކޮންފަރެންސްގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއަރމަންގެ
މަގާމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްވަނީ
އައްޔަންކޮށްފައެވެ.
ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ
ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "އޭބީއޭގެ 42
ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ އަޅުގަނޑުމެންނަށް
ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު
ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް
ލިބޭ މުހިންމު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭޝިއާގެ ބޭންކިންގ ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލް އިން މި އޮތީ ތައްޔާރަށް
ޝަރީފް ވިދާޅުވިއެވެ
ބީއެމްއެލުން ބުނީ ޝަރަފްވެރި މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަޤްބަލާ މެދު މަޝްވަރާކުރާނޭކަމަށެވެ.
ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ބައްދަލުވުމުގެ ތެރެއިން... ފޮޓޯ: ބީއެމްއެލް
މިއީ އޭބީއޭގެ ކޮންފަރެންސެއް
ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. ބީއެމްއެލުން ވަނީ މީގެ ކުރިން 2018 ވަނަ އަހަރު ކާމިޔާބުކަމާއެކު ކޮންފަރެންސެއް ބާއްވާފައެވެ. މި ކޮންފަރެންސް ބޭއްވުމަށް ދެވަނަ
ފަހަރަށް ފުރުސަތު ލިބުމުން ހާމަވެގެންދަނީ އޭޝިއާގެ ބޭންކިންގ ދާއިރާގައި
ބިއެމްއެލްގެ ނުފޫޒާއި ލީޑަރޝިޕް އިތުރުވަމުންދާކަން ހާމަވެގެންދާކަމެއްކަމަށް ބީއެމްއެލުން ބުންޏެވެ.
އަންނަ
އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ
ސީއީއޯއިން، ސީނިއަރ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެއެވެ.
މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާއަށް މުހިންމު މައުޟޫތަކާ
ގުޅޭ މަޝްވަރާތަކާއި، ވަރކްޝޮޕްތަކާއި، ނެޓްވަރކިންގ ސެޝަންތައް ހިމެނޭނޭކަމަށް ބީއެމްއެލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ