ހުލާސާކޮށް އިއްޔެ: ރަސްމާލެ، ހުޅުމާލެ، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުން ވެސް އެމްއޭސީއެލް އަށް ހުލާސާކޮށް އިއްޔެ: ރަސްމާލެ، ހުޅުމާލެ، ގިރާވަރުފަޅު އަދި އުތުރުތިލަފަޅު ހިއްކުން ވެސް އެމްއޭސީއެލް އަށް

މާލެ ސަރަހައްދުގައި ހިއްކަން ފަށައި ނުނިމި ހުރި ހުޅުމާލެ ފޭސް ތިނެއް، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުގެ އެއާޕޯޓު ހިންގާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާކަން ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.
ށ. ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ, ބިން ހިއްކުމުގެ މަސައްކަތް ކުުރުމަށް އެމްއޭސީއެލް އިން ޑްރެޖަރު ގެންގުޅެ އޮޕަރޭޓުކުރާ ދެ ކުންފުންޏަކާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށެވެ.
"އެކަންކަން ކުރުމަށް އެ ފަރާތުން [އެމްއޭސީއެލް އިން] އެވަނީ މިދިޔަ ދެތިން މަހެއް ތެރޭގަ ވަރަށް ތަފުސީލު ގިނަ މަސައްކަތްތަކެއް ކޮށް އެގްރީމެންޓު ކުރެވިފަ. ބޭރުގެ އެންމެ ފެންވަރު ރަނގަޅު، އެންމެ ބޮޑެތި ޑްރެޖަރު ގެންގުޅޭ ދެ ކުންފުންޏަކާ،" މުއިއްޒު ވިދާޅުވި އެވެ.
އޭގެތެރެއިން މާލެ ސަރަހައްދުގެ ބިންތައް ހިއްކަނީ ދެވަނަ ކުންފުނިންނެވެ. އެ ކުންފުނިން ޑްރެޖަރުތައް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުއިއްޒު މިރޭ ވިދާޅުވި އެވެ.
"އަދި، އިތުރު ކުންފުންޏަކާއެކު ވެސް އެމްއޭސީއެލް އިން އެގްރީމެންޓު ހަދާފަ އެބަހުރި، މާލެ ސަރަަހައްދުގަ ހުރި. ހުޅުމާލެ ފޭސް ތިނެއް، ގިރާވަރު، އުތުރުތިލަފަޅު، މިތަންތަން ހިއްކަން ވެސް. އެގްރީމެންޓު ހަދާފަ އެހެން ކުންފުންޏަކާ އެބައޮތް. އެފަރާތުން އެބަގެނޭ ޑްރެޖަރުތައް،" މުއިއްޒު މިރޭ ވިދާޅުވި އެވެ.
މި ހުރިހާ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފައިވާތާ އެތައް މަހެއް ވަނީ ވެފަ އެވެ. އެ ތަންތަނަކީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައިވާ ތަންތަނެވެ. ނަމަވެސް، މާލެ ސަރަހައްދުގެ މަޝްރޫއުތައް އެމްއޭސީއެލް އާއި ހަވާލުކުރިކަން ސަރުކާރުން އިއުލާނެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ