2 އަހަރުގެ ޗެމްޕިއަން ވެމްކޯ ކަޓުވާލުމަށް ފަހު، އެސްޓީއޯ ކުއާޓާއަށް

ޕެނަލްޓީގައި, އެންމެ ފަހުގެ ދެ އަަހަރުގެ ޗެމްޕިއަން ކުލަބު ވެމްކޯ ކަޓުވާލުމަށް ފަހު ކުލަބު މޯލްޑިވްސް 2025 ގެ ކުއާޓާ ފައިނަލަށް އެސްޓީއޯ ރެކްރިއޭޝަން ކުލަބު ދަތުރުކޮށްފިއެވެ. މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި އެސްޓީއޯއަކީ މި ފަހަރުގެ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ނަތީޖާ ރަނގަޅު އެއް ޓީމެވެ. ވަރުގަދަ ޓީމުތަކާ ދެކޮޅަށް މިހާތަނަށް އެ ޓީމުން ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗު އެސްޓީއޯ ކާމިޔާބުކުރީ ގަދަ 16 ބުރުގައި ވެމްކޯއާ ވާދަކޮށް 4-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 2-2 އެވެ. މެޗުގައި ވެމްކޯގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ފާސިރާއި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަލީރެޒާ ޝެއިހްލާރެވެ. އެސްޓީއޯގެ ދެ ލަނޑު ވެސް ޖަހައިދިނީ ކެޕްޓަން ހުޒައިފަތު ރަޝީދެވެ. ރޭ ކުޅުނު މެޗުތަކާ އެކު ކުއާޓާގެ ޖާގައެއް ކުލަބު އެމްޓީސީސީ ވެސް ވަނީ ހޯދާފައެވެ. އެ ޓީމު ކުއާޓާއިން ޖާގަ ހޯދީ ރޭ ދިވެހި ސިފައިންގެ ކްލަބް އަތުން 5-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މެޗުގައި އެމްޓީސީސީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝާއިންއާއި، ދެ ލަނޑު ޖެހި މުޙައްމަދު އިޝާމާއި، ޖުމައިލް ޖަމީލް އަދި އަޔާޒް އަޙްމަދެވެ. ސިފައިންގެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އިރާނުގެ ސޮރޯޝްގެ އިތުރުން އިޔާސް އަލީއެވެ. ކުއާޓާއަށް އެމްޕީއެލް ދަތުރުކުރީ އެފްއެސްއެމް 5-3 އިން ބަލިކޮށްގެންނެވެ. މެޗުގައި އެމްޕީއެލްގެ މުޙައްމަދު ސާދު ނިޒާރު ހެޓްރިކެއް ފެނުނެވެ. އަނެއް ދެ ލަނޑު ޖެހީ އިރާނުގެ ކުޅުންތެރިޔާ ސަމަން ދަޝަނާއި މުޙައްމަދު ޒީދާން ޒުހުރީއެވެ. މި މުބާރާތުގެ ގަދަ 16 ބުރުގައި ރޭ ޓީމު އެފްއެސްއެމްގެ މައްޗަށް އެމްޕީއެލްއިން ކުރި ހޯދީ 5-3 ގެ ނަތީޖާއަކުންނެވެ. މި ހެދިއިރު، އަނެއް ދެ ލަނޑު ޖެހީއާއިއެވެ. އެފްއެސްއެމްގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނާފިއު އަޙްމަދާއި، އަބްދުﷲ ލޫތު އިބްރާހީމް އަދި މުޙައްމަދު މާކިންއެވެ. ޕެނަލްޓީން ކުރި ހޯދާ، މުބާރާތުގެ ކުއާޓާއަށް ޓީމު ފެނަކަ މޮލުވީ 4-2 ގެ ނަތިޖާއަކުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަކީ 6-6 އެވެ. ކުލަބު މޯލްޑިވްސް ކަޕް 2025 ގެ ކުއާޓާފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ