ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވަރުގަދަ ސްކޮޑެއް ދެކުނު އޭޝިއާގެ އެތުލެޓިކްސް މުބާރާތުގައި ރާއްޖޭން ވަރުގަދަ ސްކޮޑެއް

އިންޑިއާގެ ރާންޗީގައި ކުރިއަށްދާ ދެކުނު އޭޝިއާގެ ހަތަރު ވަނަ އެތުލެޓިކްސް މުބާރާތުގައި ވާދަކުރުމަށް ވަރުގަދަ ސްކޮޑަކާ އެކު، ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމު އިންޑިއާ އަށް ގޮސްފި އެވެ.
މި މަހުގެ 24-26 އަށް ރާންޗީގެ ބިރްސާ މުންޑާ އެތުލެޓިކްސް ސްޓޭޑިއަމްގައި ކުރިއަށްދާ މި މުބާރާތުގައި ދެކުނު އޭޝިއާ އަށް ނިސްބަތްވާ ހަ ގައުމަކުން 300 އަށް ވުރެން ގިނަ އެތުލީޓުން ބައިވެރިވާނެ ކަމަށް އިންޑިއާގެ އެތުލެޓިކްސް ފެޑެރޭޝަނުން މައުލޫޫމާތު ދެ އެވެ.
މި ފަހަރުގެ މުބާރާތުގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ، ބޫޓާން، ސްރީ ލަންކާ، ބަންގްލަދޭޝް އަދި ނޭޕާލް އެވެ.
ރާއްޖޭން ވާދަކުރާ ސްކޮޑުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ، ހަސަން ސާއިދު، އިބާދުﷲ އާދަމް، އާދަމް ރިއްފަތު، ހަސަން ނުޖޫމް، ހުސެއިން ރިޒާ (ކުޑަ ރިޒާ)، އަހުނަފް ރައްޔާން ފަހުމީ އަދި ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އެވެ. އަަދި، އަންހެން ކުޅުންތެރިންނަކީ، އައިޝަތު ޝަބާ ސަލީމް، ޒިވާ މޫސާ ޝަފީއު، އައިމިނަތު ލަޔާނާ މުހައްމަދު، ޒީކް އަޝްރަފް ރަޝީދު، އަހްނާ ނިޒާރު އަދި ހައްވާ މުޒްނާ ފާއިޒު އެވެ.
އެތުލެޓިކްސް ޓީމުގައި ތިން ކޯޗުން ހަރަކާތްތެރިވާނެ އެވެ. އެއީ، ހުސެއިން އިނާސް، އަބްދުﷲ އިބްރާހިމް އަދި ޒަޒްނީ ނަޝީދާ (ޔަޒޫ) އެވެ. އަދި، ޓީމު ލީޑަރަކީ އަހުމަދު ފާއިލް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ