ދިވެހިރާއްޖޭގެ ބާ ކައުންސިލުން ބޭއްވި ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި އެވެ.
މިދިޔަ އޮކްޓޫބަރު 11، ގައި ބޭއްވި ބާ އިމްތިހާނުގައި 136 ކެންޑިޑޭޓުން ބައިވެރިވި އެވެ. ނަމަވެސް ގާނޫނީ ދާއިރާއަށް ވަނުމަށް ބޭނުންވާ މިންވަރަށް ފާސްވީ 47 ޕަސެންޓު ދަރިވަރުން ކަމަށް ބާ ކައުންސިލުން ބުންޏެވެ.
ބާ އިމްތިހާނުން އެންމެ މަތީ ވަނަ ހާސިލުކުރި ނުވަ ދަރިވަރުންނަކީ:
ބާ އިމްތިހާނަކީ ގާނޫނީ ދާއިރާއަށް ނުކުންނަ މީހުންނަކީ ގާނޫނީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގާބިލުކަން ހުރި ބައެއްކަން ކަށަވަރު ކުރުމަށް ބާއްވާ އިމްތިހާނެކެވެ. އެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ކިބައިގައި ހަ ދާއިރާއަކުން ގާނޫނީ ފަންނާ ގުޅުމަށް ބޭނުންވާ އިލްމާއި ހުނަރު ހުރި މިންވަރު ވަޒަންކުރެ އެވެ.
އެ ގޮތުން ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ އަދި ޓޯޓް ލޯ އާއި މޯލްޑިވިއަން ލީގަލް ސިސްޓަމް އަށް އަހުލުވެރިވެފައިވާ މިންވަރު އެ އިމްތިހާނުން ވަޒަންކުރެ އެވެ.
ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި، ފާސްވީ 47 ޕަސެންޓު ކެންޑިޑޭޓުން ބާ އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި، ފާސްވީ 47 ޕަސެންޓު ކެންޑިޑޭޓުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ