ކައުންސިލް އިންތިހާބު އޭޕްރީލް 4ގައި ބާއްވަން ނިންމައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިއުލާންކޮށްފި އެވެ.އީސީ އިން ބުނީ މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.ލޯކަލް ކައުންސިލް އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް 7,000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށްވެސް އީސީ އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ. އޮފިޝަލަކަށް ވުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށެވެ.މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އީސީގެ ރައީސް މުހައްމަދު ޒާހިދު ކުރިން ވިދާޅުވެފައި ވެ އެވެ.ލޯކަލް ކައުންސިލް އިންތިހާބުގައި ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބައެއްް ސިޔާސީ ޕާޓީތަކުން މިހާރު ވަނީ ފުރުސަތުވެސް ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ