އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި، ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރީ ށ މިލަންދޫއަށް ނިސްބަތްވާ 29 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ބަންދު އަމުރުގައިވާގޮތުން އޭނާ ހައްޔަރު ކުރީ، ވަގަށް ނެގި ކަމަށް ބުނަ އައުޓްޑޯ ޔުނިޓް ހިފައިގެން ދަނިކޮށެވެ. އަދި ހިފަހައްޓައި ސުވާލު ކުރުމުން އޭނާ ބުނީ، ”މީހަކު ބުނެގެން އައުޓްޑޯ ޔުނިޓް ބޭރަށް ނެރެލަދިނީ“، ކަމަށް ވެސް އަމުރުގައި ވެއެވެ.
އަމުރުގައި ވާގޮތުން ތުހުމަތު ކުރެވޭ ކުށް އޭނާ ކޮށްފައިވާކަން ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަށް ހެކި ވަނީ ހުށަހަޅާފައެވެ. އަދި އޭނާ ހައްޔަރު ކުރީ އިޖުރާޢަތްތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ޒިހުނީ ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
އެ މީހާ އަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއްކަން ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
އައުޓްޑޯ ޔުނިޓެއް ވަގަށް ނަގައިގެން ދަނިކޮށް ހިފެހެއްޓުމުން ބުނީ މީހަކު ބުނެގެން ނެރެލަދިނީ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ