ކުޅުދުއްފުށީގައި ބާއްވާ ބޮޑު ބާޒާރުގައި 16 ވިޔަފާރިއަކުން ބައިވެރިވެއްޖެ

ރާއްޖޭގެ އުތުރުގައި ބާއްވާ އެންމެ ބޮޑު ބާޒާރުގައި 16 ވިޔަފާރިއަކުން ބައިވެރިވެއްޖެ އެވެ.
ޖަލާލުއްދީން ސްކޫލްގެ ޕީޓީއޭ އާއި ވިޔަފާރިވެރިން ގުޅިގެން ބާއްވާ މި ބާޒާރު އޮންނާނީ މިމަހުގެ 29،30 އަދި 31 ވަނަ ދުވަހު އެވެ.
ބިރުވެރިހޮހޮޅައާއެކު ކުރިއަށްދާ މި ބާޒާރުގައި މިއަހަރު ބައިވެރިވި ވިޔަފާރިތަކުގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު އިތުރެވެ.
އެގޮތުން މިއަހަރު 16 ވިޔަފާރިއަކުން ބައިވެރިވިއިރު ވިޔަފާރިތަކުގެ ތެރޭގައި ޕެންޓަގްރާމް، ބައުންޓީ، ރިއަލް އޭޖް، ހަޒޫ ކަލެކްޝަން، ހަތްތަރި، މޮނޮގްރާމް، ޓޫ ޒީރޯ، ވާއުފާ، ބީ އެންޑް އޭ ހޯމްސް، ޒޫފިއާ، ސިލްކް އެމްވީ، ކުލެސީ ވޯލްޑް، ފެޝަން ލޭންޑް، ނިއޯމާ، ސިންޒިއާ އަދި އޮރެންޖް ޑެކް އެވެ.
އެއްތަނަކުން ގިނަ އަދަދެއްގެ ތަކެތި އަގުހެޔޮކަމާއެކު ލިބެން ހުންނަ މި މައުރަޒު މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ. މިއަހަރުގެ މައުރަޒުގައި ވަރަށް ގިނަ ތަކެތި ބޮޑުތަކުން އަގުހެޔޮވާނެކަމަށް ވިޔަފާރިވެރިން މައުލޫމާތުދެ އެވެ.
މި ބާޒާރު ހުޅުވާފައިވާ ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 9:00-12:00 | 13:00-15:30 | 16:00-18:00 | 20:00-23:00 އަށެވެ.
މިއަހަރުވެސް މި ބާޒާރުކުރިއަށްދާނީ ޖަލާލުއްދީން ސްކޫލްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ