މާލެ ސިޓީ ކައުންސިލްގެ ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.
ސައިފް އާއި ނާޒިމާއަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އެހެންނަމަވެސް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުމަށްފަހު އެ ދެ ބޭފުޅުން ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.
އެ ބޭފުޅުންގެ އިތުރުން ވެސް އެމްޑީޕީން 2023 ވަނަ އަހަރު ވަކިވި ގިނަ އަދަދެއްގެ ބަޔަކު ދަނީ އަލުން އެމްޑީޕީއަށް ސޮއި ކުރަމުންނެވެ. އެގޮތުން މިދިޔަ ޖޫން 17، ގައި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް އަލުން އެމްޑީޕީއާ ގުޅުމަށް ފާސްކޮށްފަ އެވެ.
އެ ނިންމުމާ އެއްގޮތަށް ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި މަޖިލީހުގެ ކުރީގެ ނައިބުރައީސް، އީވާ އަބްދުالله ގެ އިތުރުން ކުރީގެ މަޖިލިސް މެންބަރުން ކަމަށްވާ، އަލީ އާޒިމް އާއި އިބްރާހިމް ރަޝީދު އަދި އިމްތިޔާޒު ފަހުމީގެ އިތުރުން މުހައްމަދު ވަހީދުމެން ފަދަ ބޭފުޅުން ވަނީ އެމްޑީޕީއާ ގުޅިފަ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވާދަވެރިކަން އެމްޑީޕީ ތެރޭގައި މިހާރު ބޮޑުވެފައިވާއިރު، މާލޭގެ މޭޔަރުކަމުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަނީ ޑިމޮކްރެޓްސްއިން އެނބުރި އައި އަލީ އާޒިމް އާއި މާލޭގެ މިހާރުގެ މޭޔަރު، އާދަމް އާޒިމް އެވެ.
މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރު، ސައިފް އާއި ނާޒިމާ އެމްޑީޕީއަށް ސޮއިކޮށްފި މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރު، ސައިފް އާއި ނާޒިމާ އެމްޑީޕީއަށް ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ