ފ. ބިލެތްދޫ ރައްޔިތުން ބޭނުންވި ތަނުގައި މި ސަރުކާރުން ބީއެމްއެލްގެ އޭޓީއެމް ހުޅުވައިދިނުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފި އެވެ.
ރައީސް މުއިއްޒު ބިލެތްދޫ ރައްޔިތުންނާ ބައްދަލުކުރުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ބިލެތްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަހުމަދު އަސްލަމް ވިދާޅުވީ މި ސަރުކާރުން ބިލެތްދޫގައި އޭޓީއެމް ގާއިމުކުރީ ކައުންސިލާއި ރައްޔިތުން ބޭނުންވި ތަނުގައި ކަމަށާއި އެކަމަށްޓަކާ ރައީސް މުއިއްޒަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ޝުކުރިއްޔާ އޭޓީއެމް ދޮންބެ،" އަސްލަމް ވިދާޅުވި އެވެ.
މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކުރާތީ އެކަން އާދައިގެ ކަމަކަށް ބައެއް ފަރާތްތަކުން ހަދާފައިވާ ކަމަށާއި ނަމަވެސް އޭޓީއެމްއާއެކު ލިބިގެންދިޔައީ ވަރަށް ބޮޑު ފަސޭހައެއްކަން ބިލެތްދޫގެ ކޮންމެ ރައްޔިތަކު ވެސް ގަބޫލުކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އެގޮތުން މީގެކުރިން ރުފިޔާ ނަގަން ދިގު ދަތުރެއް ކުރަން ޖެހުނު ނަމަވެސް އެކަން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ރަށްތަކަށް ރައީސް ކުރައްވާ ދަތުރުފުޅުތަކުގައި ގެންދަވަނީ ބީއެމްއެލްގެ އޭޓީއެމްތައް ހުޅުއްވައިދެއްވަމުންނެވެ.
މި އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިޝްރޫއު ނިމޭއިރު ޖުމްލަ 250 ބީއެމްއެލް އޭޓީއެމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
ބިލެތްދޫ މެމްބަރު ރައީސް ސިފަކުރެއްވީ އޭޓީއެމް ދޮންބެގެ ގޮތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ