އިއްޔެ ފެށި ގައުމީ ބަނޑުފިލާ ޗެލެންޖުން މިދިިޔަ ދެ އަހަރުގެ ލީގު ޗެމްޕިއަން، އަލީ ޖާވިދު (ޖާއްޓެ) ކަޓައި، ރޭންކިންގެ ކުރީގައި ހިމެނޭ، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަަ)، އާމިން އުމަރު މޫސާ އަދި އިޔަން އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ 22 ވަނަ ދުވަހާ ހަމައަށް ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ގައުމީ ބަނޑުފިލާ ޗެލެންޖުގެ ހަތަރު ވަނަ ބުރުގެ ހީޓު ދޭއްގައި ވާދަކުރީ އާމިން އާއި ޖާއްޓެގެ އިތުރުން މުހައްމަދު އަޒާން އަހުމަދު އަދި އަބްދުލް އަހަދު އެވެ. މި ހީޓުގެ އެއް ވަނަ ހޯދީ 10.0 ޕޮއިންޓް ސްކޯކުރި އާމިން އެވެ. އަޒާން ދެ ވަނަ ހޯދީ 9.94 ޕޮއިންޓް ސްކޯކޮށްގެންނެވެ. ޖާއްޓެ، ތިން ވަނަ އަށް ދިޔައީ، 7.64 ޕޮއިންޓާ އެކު އެވެ. މި ހީޓުގައި ދެން ވާދަކުރި އަހަދު އަށް ލިބުނީ، 5.77 ޕޮއިންޓެވެ.
މިދިޔަ އަހަރުގެ ގައުމީ ބަނޑުފިލާ ޗެެލެންޖުގެ ޗެމްޕިއަން، އިޔަން ދިޔައީ ހީޓު އެކެއްގައި ވާދަކޮށް ދެ ވަނަ އެވެ. މި ހީޓުގެ އެއް ވަނަ ހޯދި އަޝްރަފް ހަސަން ވަނީ 15.84 ޕޮއިންޓް ސްކޯކޮށްފަ އެވެ. މިއީ މި ފަހަރުގެ މުބާރާތުގެ ހީޓެއްގައި އެންމެ ބޮޑު ސްކޯ އެވެ. ހީޓުގެ ދެ ވަނަ އަށް ދިޔަ އިޔަން އަށް ލިބުނީ، 9.67 ޕޮއިންޓެވެ. އަދި، ތިން ވަނަ އަށް ދިޔަ، އަލީ ރަވާއު މުހައްމަދު އިބްރާހިމް އަށް ވަނީ 6.0 ޕޮއިންޓް ލިބިފަ އެވެ.
އިއްޔެގެ ހީޓުގައި ވާދަކުރުުމަށް ފަހު ކުޑަ އައްޔަ.--- ފޮޓޯ: އިބްރާހިމް ޝާފިއު / އަދަދު ސްޕޯޓްސް
ހީޓު ތިނެއްގައި ވާދަކޮށް ކުޑަ އައްޔަ ވަނީ 8.17 ޕޮއިންޓާ އެކު އެއް ވަނަ ހޯދައިފަ އެވެ. ދެ ވަނަ ހޯދައި ކުއާޓާ އަށް ދިޔައީ 6.40 ޕޮއިންޓް ހޯދި މުހައްމަދު ކައިފް އެވެ. ތިން ވަނަ އަށް ދިޔަ ނޫހު މުހައްމަދު ދުނައިމް އިރުޝާދު އަށް ލިބުނީ 5.97 ޕޮއިންޓެވެ. ދެން ވާދަކުރި މުހައްމަދު އަނިލް ނިންމާލީ 3.94 ޕޮއިންޓާ އެކު އެވެ.
ހީޓު ހަތަރެއްގެ އެއް ވަނަ އަލީ އާނިމް ހޯދީ 7.40 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ އަސްވާން މުހައްމަދަށް 7.17 ޕޮއިންޓް ލިބުނުއިރު، ދެން ވާދަކުރި، ނޫން މުހައްމދު ދުނައިމް އިރުޝާދަށް ލިބުނީ 5.53 ޕޮއިންޓެވެ.
ކުއާޓާ ފައިނަލުގެ ހީޓު އެކެއްގައި އަޝްރަފް އާއި އަޒާން ވާދަކުރާއިރު، ހީޓު ދޭއްގައި ފެނިގެންދާނީ އާމިން އާއި އިޔަންގެ ކުރިމަތިލުމެކެވެ. ހީޓު ތިނެއްގައި ކުޑަ އައްޔަ އާއި އަސްވާން ވާދަކުރާއިރު، ހީޓު ހަތަރެއްގައި، އާނިމް ނުކުންނާނީ ކައިފްއާ ދެކޮޅަށެވެ.
ޖުމްލަ އެކު 26 އެތުލީޓުން، މި ފަހަރުގެ ބަނޑުފިލާ ޗެލެންޖްގެ ހަތަރު ޑިވިޝަނުގައި ވާދަކުރާނެ އެވެ.
މާދަމާ އިން ފެށިގެން މި މަހު 22 ވަނަ ދުވަހުގެ ނިޔަލަށް ތާވަލުކުރެވިފައިވާ މި މުބާރާތުގެ ޑިވިޝަންތަކުގައި ވާދަކުރާ އެތުލީޓުންނަށް ބަލާއިރު، މެންސް އޯޕަންގައި 19 އެތުލީޓުން، ޖޫނިއާ ޑިވިޝަނުގައި 10 އެތުލީޓުން، ޑްރޮޕްނީގައި 9 އެތުލީޓުން. މާސްޓާސްގައި (35 އަހަރުން މަތީގެ ކެޓަގަރީ) 6 އެތުލީޓުން ފެނިގެންދާނެ އެވެ.
ގައުމީ ބަނޑުފިލާ ޗެލެންޖް: ޖާއްޓެ ކަޓައި، އިޔަން އާއި އައްޔަ އަދި އާމިން ކުއާޓާ އަށް ގައުމީ ބަނޑުފިލާ ޗެލެންޖް: ޖާއްޓެ ކަޓައި، އިޔަން އާއި އައްޔަ އަދި އާމިން ކުއާޓާ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ