ހައި ކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަމުންދަނީ ފަނޑިޔާރު ކަމުގެ މަގާމުން ރިޓަޔާވުމަށް ހުށަހަޅާފައިވާ މުހައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ މުހައްމަދު ނިޔާޒް އަދި ހުސެއިން މަޒީދުއެވެ. އަދި ހަމަ އެހެންމެ ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލަ ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
ފަނޑިޔާރުގެ ނިޔާޒާއި ފައިސަލްގެ ސުލޫކީ މައްސަލައެއް ބަލަމުންދާއިރު ދެން ތިބި ތިން ފަނޑިޔާރުންގެ ބަލަމުންދަނީ ކޮން މައްސަލައެއްކަން ސާފެއް ނޫނެވެ. ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ފައިސަލް އައްޔަން ކުރަން ޖޭއެސްސީން ކުރިން ނިންމި ނަމަވެސް އޭނާއާ އެ މަގާމު ރަސްމީކޮށް ހަވާލު ކޮށްފައި ނުވެއެވެ.
ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަމުން ދާއިރު، އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން މިހާރު ހަވާލު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލަ ބަލަމުންދާއިރު މި އަހަރުގެ މެއި މަހު ވަނީ ސުޕްރީމް ކޯޓުންގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީން ބަލާފައެވެ. އެ މައްސަލަ ބަލަން ފެށުމާއެކު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވިއިރު މަހާޒް އަލީ އާއި އަޒްމިރަލްދާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ހައި ކޯޓުގެ 5 ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ