އަންނަ ހަފްތާގެ ހޯމަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަނީ ވެރިކަން ކުރާ ޕީއެންސީ އިން ބޭނުންވެގެންނެވެ.
ތަފްސީލް -މީޑިއާތަކާއި ނޫސްވެރިން ހިމެނޭ ގޮތަށް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ރެގިއުލޭޓްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލުގެ ބަހުސް ތާވަލުކޮށް، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް މިދިޔަ މަހު ވެސް ބޭއްވި އެވެ.
އެ ޖަލްސާ ވެސް ބޭއްވީ ޕީއެންސީގެ މެންބަރުންތަކެއް އެދިގެންނެވެ.
މިހާރު ޗުއްޓީގައި އޮތް މަޖިލިސް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ 1 ގަ އެވެ.
އަންނަ ހަފްތާގެ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފައިވާއިރު އެ ތާރީހަކީ މީޑިއާ ކޮންޓްރޯލު ކުރާ ބިލުގެ މަސައްކަތް ނިންމަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އިން ނިންމާފައުވާ ސުންގަނޑި ވެސް މެ އެވެ.
ވެރިކަން ކުރާ ޕީއެންސީގެ މެންބަރުން އަންނަނީ މީޑިއާ ކޮންޓްރޯލު ކުރާ ބިލު ވީހާ ވެސް އަވަހަކަށް ފާސް ކުރަން ޖެހޭ ކަމަށް ބުނަމުންނެވެ.
އެ ބިލު އަނބުރާ ގެންދަން ނޫސްވެރިންނާއި ބްރޮޑްކޮމް އަދި އެމްއެމްސީގެ އިތުރުން ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ވެސް ވަނީ ގޮވާލާފައި
އެ ބިލަށް ހިޔާލު ހޯދުމަށް ނޫސްވެރިންނާ އެކު ކޮމެޓީ އިން ބޭއްވި ބައްދަލުވުމުގައި ހުރިހާ ނޫސްވެރިން ވެސް މައިގަނޑު ގޮތެއްގައި ފާހަގަ ކުރި ކަންކަތަކުގެ ތެރޭގައި:
އާ ކޮމިޝަން އެކުލަވާލަން ދެން ވަގުތީ ގޮތުން ސިވިލް ސާވިސް ކޮމިޝަންގެ ކޮމިޓީއަކަށް ހަވާލުކުރާއިރު އެއީ މީޑިއާ ރެގިއުލޭޓަރީއާ ގުޅުން އޮތް ތަނެއް ނޫން
ކޮމިޝަންގެ ހަތް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ވަކިކުރުމުގެ ބާރު އޮތުމުން އެ ކޮމިޝަނަށް ސިޔާސީ ނުފޫޒު ފޯރާނެކަން
ކޮންމެ ސަރުކާރެއްގައި އެ ސަރުކާރެއްގެ ޕްރޮޕެގަންޑާ ފަތުރާ ކަމަށް މަޝްހޫރުވެފައިވާ ދައުލަތުގެ މީޑިއާގައި ނޫސްވެރިން ގިނަވީތީ، ކޮމިޝަންގެ ބާރު ނެގުމުގެ ފުރުސަތު އޮންނާނެ ކަން
ކޮމިޝަނަށް ދީފައިވާ ބާރުތަކަކީ ރާއްޖޭގެ މި ވަގުތު ޖިނާއީ މައްސަލަތައް ބަލަން އޮންނަ ފުލުހުންނާއި އެހެން ތަންތަނަަށް ވެސް ނުލިބޭނެހާ ބޮޑެތި ބާރުތަކެއް
މީޑިއާއަކުން މީހަކު ދައްކާ ދޮގު ވާހަކައެއް ރިޕޯޓްކޮށްފި ނަމަ ފިޔަވަޅު އަޅަން ބިލުގައި އޮތް އިރު ތެދު ދޮގު ހޯދުމާއި މީހަކު ދައްކާ ވާހަކައެއް ގެނެސްދިން މީޑިއާއަކަށް ފިޔަވަޅު އެޅުން ފަދަ ކަންކަމަކީ ކުރެވިދާނެ ކަމެއްތޯ ސުވާލު އުފެއްދި
ވަކި ފިކުރުތައް އާލާކޮށް ދިރުވުމަށް މަސައްކަތްކުރުމުގެ ހައްގު ކޮންމެ މީހަކަށް ވެސް އޮންނައިރު ނޫސްވެރިއަކު އެ ގޮތަށް ފާޅުކުރާ ހިޔާލަކުން ފިޔަވަޅު އެޅުމަކީ ރާއްޖެ ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރެސީގެ އަސާސްތަކާ ހިލާފު ކަމެއް
އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން އިތުރު ޖަލްސާއެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ