ސްޓެލްކޯގެ ބޯޑުގައި އިންނެވި މުހައްމަދު އާމިރު ވަކިކޮށް، އެ ކުންފުނީގެ ބޯޑަށް ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު މުޒުނާ އިއްޔެ އައްޔަނު ކޮށްފި އެވެ.
ވީ ކިހިނެއް؟ - ސްޓެލްކޯގެ ބޯޑަށް މި ބަދަލު ގެނައިކަން ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ހާމަކުރި އިރު އެ ބަދަލު ގެނައި ސަބަބެއް ނުބުނެ އެވެ.
ތަފްސީލް މުޒްނާ ސްޓެލްކޯގެ ބޯޑަށް އައްޔަނު ކުރި އިރު، އޭނާ އަންނަނީ 2000 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގެ އެކި މަގާމުތައް ފުރުއްވަމުންނެވެ.
ސްޓެލްކޯގެ ހިންގުމަށް ޕީސީބީ އިން މި ހަފްތާ ބަދަލުތަކެއް ގެނެސްފައިވާއިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މަގާމުން ވަކިކޮށް، އެ މަގާމަށް އަހުމަދު ޝަމާހު ވަނީ އާދިއްތަ ދުވަހު އައްޔަނު ކޮށްފަ އެވެ.
ސްޓެލްކޯގެ ބޯޑަށް ޑީއެމްޑީ މުޒުނާ އައްޔަން ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ