ފުޑް ކާނިވަލްގެ ސޯސަން ފިހާރަ ސްޓޯލް: ހަދިޔާ ނުލައި ނުނުކުމެވޭނެ

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފުޑް ކާނިވަލްގައި އެންމެ ފަސޭހައިން އިނާމު ލިބޭ އެއް ސްޓޯލަކީ ސޯސަން ފިހާރަ އެވެ.
އެއްފަހަރާ ތިން ޕްރޮމޯޝަން ކުރިއަށްގެންދާ ސޯސަން ފިހާރައިގެ ސްޓޯލުން ހަދިޔާއެއް ނުލައި މީހަކަށް ނުކުމެވޭނެހެން ހިޔެއް ނުވެ އެވެ.
މިއީ މި ތިން ބްރޭންޑުގެ އުފެއްދުންތަކުން ރަހަ ބަލައިލެވޭ ގޮތަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. ސޯސަން ފިހާރައިގެ ސްޓޯލްގައި ކޮންމެ ބްރޭންޑަކަށް ވަކިން ކައުންޓަރެއް ހުންނާނެ އެވެ.
ކޮންމެ ބްރޭންޑެއްގެ އުފެއްދުމަކުން ރަހަ ބަލައިލުމަށްފަހު ކައުންޓަރުގައިވާ ކިއުއާރު ކޯޑު ސްކޭންކޮށްލުމުން ކުއެޝަނެއާއެއް ލޯޑުވާނެ އެވެ. އަދި އެ ބްރޭންޑާއި އުފެއްދުންތަކާ މެދު އެ މީހަކު ދެކޭ ގޮތް ހިއްސާކުރުމުން ސްޓޯލްގައި ހުންނަ އިނާމު ބުރު އަނބުރާލެވޭނެ އެވެ.
އިނާމު ބުރުގައި އެންމެ ގޮޅިއެއް ފިޔަވައި މުޅިން ވެސް ހުރީ އިނާމު ގޮޅިތަކެވެ. ލިބޭ އިނާމުތަކުގެ ތެރޭގައި ސޯސަން ފިހާރައިން
ވިއްކާ އެކި ބްރޭންޑްތަކުގެ އުފެއްދުންތަކުގެ ބަންޑްލްތައް ހިމެނެ އެވެ.
ކިއުއާރު ކޯޑު ސްކޭން ކޮށްލުމަށްފަހު ކުއިޒް ފުރިހަމަ ކުރުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ
ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބާސެލޯއިން 2 މީހެއްގެ ޑިނާ އާއި ސޯސަން ފިހާރައިގެ "ފީސްޓް އޭންޑް ފްލޭވާ" ގިފްޓް ހެމްޕާއެއް
މި ހެމްޕާގައި ޕަސްކުއަލް ޔޯގަޓް، އޮންޑޮލީވާ އޮލިވް އޮއިލް، ޕިލްސްބަރީ ޑިލައިޓް އަދި ޝާން ބްރޭންޑާއި އެހެނިހެން ބްރޭންޑުތަކުގެ އުފެއްދުންތައް ހިމެނޭނެ
މި ޕްރޮމޯޝަންގައި ބައިވެރިވާން ސޯސަން ފިހާރަ ސްޓޯލްގެ ފޮޓޯއެއް ނެގުމަށްފަހު އިންސްޓަގްރާމް އެކައުންޓު ހޭންޑްލް ޓެގު ކުރުމަށްފަހު ހިއްސާކޮށްލާ
ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ކާނި ވިލެޖް އެންޑް ސްޕާގައި ބްރެކްފަސްޓްއާ އެކު ދެ މީހަކަށް، ދެ ރޭގެ ހުރުން ލިބޭނެ
1989 ވަނަ އަހަރު ހުޅުވި ސޯސަން ފިހާރައަކީ ހޯލްސޭލް
އަދި ރީޓެއިލް ވިޔަފާރީގައި މުޅި ރާއްޖޭގެ ވެސް އެންމެ އިތުބާރު ހިފޭ އެއް ނަމެވެ.
މާލޭގައި މިވަގުތު ސޯސަން ފިހާރައިގެ ފަސް ފިހާރަ ހިންގަ އެވެ.
ފާއިތުވެދިޔަ 30 އަހަރަށް ވުރެ ދިގު މުއްދަތުގެ
ތެރޭގައި ސޯސަން ފިހާރައިން ވަނީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި ދުނިޔޭގެ
މަގުބޫލު ގިނަ އަދަދެއްގެ ބްރޭންޑުތައް ރާއްޖެއަށް އެތެރެކޮށް، ދިވެހިންނާ
ހަމައަށް ގެނެސްދީފަ އެވެ. އޭގެ ތެރޭގައި ޕަސްކުއަލް، ޝާން، ޕިލްސްބަރީ، ޕްރޮމިނާ އަދި
ގުޑް ނައިޓް ފަދަ ބްރޭންޑުތައް ހިމެނެ އެވެ.
ސޯސަން ފިހާރައިގެ އަމާޒަކީ މިފަދަ އިތުބާރު ހިފޭ، އެންމެ
ފެންވަރު ރަނގަޅު ބްރޭންޑްތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމެވެ.
ކާބޯތަކެތީގެ އެންމެ ބޮޑު އީދުގެ ގޮތުގައި މަޝްހޫރު 'މޯލްޑިވްސް ފުޑް ކާނިވަލް' ކުރިއަށްދާނީ 25 – 28 ޖޫންގެ
ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4އިން ރޭގަނޑު 11:30އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.
މި ކާނިވަލަކީ ކެއުމަށް ލޯބިކުރާ މީހުންނާއި ކާބޯތަކެތީގެ ވިޔަފާރިވެރިންނާއި ކައްކާއިން އެއް ތަނަކުން ބައްދަލުކޮށްދޭ، އެކި ރަހަތަކުން ފުރިގެންވާ މާހައުލެކެވެ.
ކާބޯތަކެތީގެ އިތުރުން ލައިވް މިއުޒިކާއި ހުރިހާ އުމުރުފުރާތަކުގެ މީހުންނަށް ވެސް ކަމުދާ އެކި ކަހަލަ މަޖާ ކުޅިވަރުތަކާއި ހަރަކާތްތަކުން މި ކާނިވަލް އިތުރަށް ފަޅުފިލުވައިދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ