އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިއަކަށް އިސްމާއިލް ސާޖިދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަގާމަށް ސާޖިދު އައްޔަންކުރީ ކުރިން އެ މަގާމުގައި ހުރި އަބްދުﷲ އަޝްރަފު އެ މަގާމުން ބަދަލުކުރުމުންނެވެ.
ތަފްސީލު - އެމްއެމްއޭއިން ބުނީ ސާޖިދު އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.
ކުރިން އެ މަގާމުގައި ހުރި އަޝްރަފް ރިސްކް އެންޑް ކޮމްޕަލަޔަންސްގެ ވެރިއަކަށް ބަދަލުކުރީ، އެމްއެމްއޭއިން ބުނާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ މަގާމުތަކަށް ބަދަލުގެނައީ "އެމްއެމެްއޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގެންނަމުންދާ ސްޓްރަކްޗަރަލް ބަދަލުތަކުގެ ތެރެއިން" ކަމަށް އެ އޮތޯރިޓީއިން ބުނެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ ބަދަލުކުރިއިރު، އެ ޔުނިޓުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިއްސާ އޮންނަ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް އިއްޔެ ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
ޝުޖާއު އެ ރިޕޯޓު ދޮގުކުރެއްވި ނަމަވެސް، ފުލުހުން މިއަދު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސަށް އާ ވެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ