ޕާކިސްތާން އަތުން ބަލިވެ އޭޝިއާގެ މުބާރާތުގެ ޕްލޭޓް ބައިން ރާއްޖެ އަށް ދެ ވަނަ ޕާކިސްތާން އަތުން ބަލިވެ އޭޝިއާގެ މުބާރާތުގެ ޕްލޭޓް ބައިން ރާއްޖެ އަށް ދެ ވަނަ

ދެކުނު ކޮރެއާގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު ނެޓްބޯޅަ މުބާރާތުގެ ޕްލޭޓް ކެޓަގަރީގެ ފައިނަލުގައި ޕާކިސްތާން އަތުން ބަލިވެ، ރާއްޖޭގެ ޒުވާން އަންހެން ނެޓްބޯޅަ ޓީމަށް ދެ ވަަނަ ލިބިއްޖެ އެވެ.
އެކާވީސް އަހަރުން ދަށަށް ހާއްސަކޮށްގެން ކުރިއަށްދިޔަ މި މުބާރާތުގެ، ރޭންކިން އެންމެ ރަނގަޅު ފަސް ޓީމު ކުޅުނީ ކަޕް ފަޅީގަ އެވެ. އަދި، ރާއްޖެ ހިމެނޭ ރޭންކިން ދެ ވަނަ ފަންތީގެ ޓީމުތައް ކުޅުނީ ޕްލޭޓް ކެޓަގަރީގަ އެވެ. ރާއްޖޭން ޖުމްލަ އެކު މުބާރާތުގައި ކުޅުނު ހަތް މެޗުން ބަލިވީ ދެ މެޗުންނެވެ. އެއީ، ލީގު ބުރުގައި ޕާކިސްތާން އަތުންނާއި ފައިނަލްގައި ޕާކިސްތާން އަތުންނެވެ.
އެ ގޮތުން، ލީގު ބުރުގެ ފަހު މެޗުން، ޕާކިސްތާން އަތުން ބަލިވީ، 49-39 އިންނެވެ. އަދި، މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ޕާކިސްތާން އިން ރާއްޖެ ބަލިކުރީ 60-35 އިންނެވެ.
ލީގު ބުރުގެ ފުރަތަމަ މެޗުގައި، ރާއްޖޭން ފުރަތަމަ މެޗުގައި، ޗައިނީސް ޓައިޕޭއާ ވާދަކޮށް މޮޅުވީ، 51-26 އިންނެވެ. އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުގައި، ރާއްޖޭން ކުރިހޯދީ 61-39 އިންނެވެ.
ގު ބުރުގެ ދެ ވަނަ މެޗުގައި، ރާއްޖޭން އޭޝިއާގެ ކުޅިވަރުގައި ވަރުގަދަ ނަމެއް ކަމަށްވާ ޖަޕާނާ ދެކޮޅަށް ނުކުމެ ރާއްޖޭގެ ޓީމުން ކާމިޔާބު ހޯދީ، 59-32 އިންނެވެ. ތިން ވަނަ މެޗުގައި، ސައުދީ އަރަބިއްޔާއާ ވާދަކޮށް، ވަރުގަދަ ކުޅުމެއް ދައްކައި، ފަރަގު ބޮޑު ނަތީޖާ އަކުން މޮޅުވި އެވެ. އެ ގޮތުން، ސައުދީ އަރަބިއްޔާ އަތުން މޮޅުވީ، 73-20 އިންނެވެ. އަދި، ހަތަރު ވަނަ މެޗުގައި، 129-03 ގެ ފަރަގު ބޮޑު ނަތީޖާ އަކުން ދެކުނު ކޮރެއާ ބަލިކުރި އެވެ.
މި މުބާރާތުގައި ރާއްޖޭން ވާދަކުރަމުން އަންނަނީ، ތަޖުރިބާކާރު ކޯޗު، ނީޝާ ހަލީމްގެ އިތުރުން، ގައުމީ އަންހެން ޓީމުގައި ހިމެނޭ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ކޯޗިން ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ. އަނެއްކޮޅުން، ޒުވާން ނެޓްބޯޅަ ޓީމުގައި ފަސް ކުޅުންތެރިއަކު، ފިޔަވައި ދެން ތިބީ ބައިނަލްއަގްވާމީ މެޗުތަކަށް މުޅިން އަލަށް ނުކުތް ކުޅުންތެރިންނެވެ.
ޒުވާން ނެޓްބޯޅަ ޓީމު ހޯދި ކާމިޔާބަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ މަރުހަބާ ކިޔައިފަ އެެވެ. މިއީ، މިހާތަނަށް ޒުވާން ނެޓްބޯޅަ ޓީމެއް ހޯދި އެންމެ ރަނގަޅު ނަތީޖާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ