އައްޑޫ ސިޓީގައި ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއާއި ވެމްކޯ އާއި ގުޅިގެން، އައްޑޫގައި ގާއިމުކޮށްފައިވާ މި މަރުކަޒަކީ، ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް.) ޕްރޮޖެކްޓްގެ ދަށުން “އެލިމިނޭޓިންގ ޕޮޕްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް” މިނަމުގައި ހިންގާ ޕްރޮޖެކްޓްގެ ދަށުން ގާއިމުކޮށްފައިވާ މަރުކަޒެކެވެ. މި އެމް.އޯ.ޔޫގެ ދަށުން، މި މަރުކަޒު ހިންގާ ބަލަހައްޓާނެ ފަރާތަކީ ވެމްކޯއަށް ވެގެންދާނެއެވެ.
ވެމްކޯ އާއެކު ވެވުނު އެއްބަސްވުމުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގައި، ޚާއްސަކޮށް އައްޑޫ ސިޓީގައި، ނުރައްކާތެރި ކުނި އަދި ކެމިކަލްސް ރައްކާތެރިކަމާއެކު މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކޮށް، ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. މި މަރުކަޒުގެ ސަބަބުން، “ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް” (ޕޮޕްސް) ފަދަ ނުރައްކާތެރި ކެމިކަލްތައް ނައްތާލުމަށް ބޭނުންވާ މަގުފަހިވެ، އާންމު ރައްޔިތުންނާއި ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މި މަރުކަޒު ގާއިމުކުރެވިފައިވަނީ އައްޑޫ ހިމެނޭ ދެކުނު ޒޯނުގެ ރަށްތަކުގައި އުފެދޭ ނުރައްކާތެރި ކުންޏާއި ކެމިކަލްތައް ވަގުތީގޮތުން ރައްކާތެރިކަމާއެކު ގުދަންކުރުމަށް ހާއްސަކޮށެވެ. މީގެ ތެރޭގައި ސިނާއީ ހަރަކާތްތަކުން އުފެދޭ ކުނި، ސްކޫލްތަކުގެ ލެބޯރެޓަރީތަކުން އުކާލެވޭ ކެމިކަލްތައް، އިންޖީނުތަކުން އުފެދޭ ތެޔޮ އަދި އުކާލާ ބެޓެރީތައް ފަދަ ތިމާވެށްޓަށް ގެއްލުންދެނިވި ނުރައްކާތެރި ބާވަތްތަކުގެ ކުނި ހިމެނެއެވެ.
މި އެއްބަސްވުމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ނިޒާމެވެ. އަދި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ.
މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި އއ. މާޅޮހުގައި އުމުރުން ދުވަސްވީ މީހަކު ރޭ ދަންވަރު މަރައިލައިފި ސަލްމާން މިސްކިތުގައި ތަރައްގީކުރި އިސްލާމީ ކުތުބުޚާނާ ހުޅުވައިފި މޫދުއަޑީގެ އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން އުދީރޫ ދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ