ލަންޑަން (ޖުލައި 11) - ދުނިޔޭގެ އަންހެން އެއް ވަަނަ ކުޅުންތެރިޔާ، ބެލަރޫސްގެ އަރީނާ ސަބަލެންކާ ބަލިކޮށް، ވިމްބަލްޑަން އަންހެން ސިންގަލްސްގެ ފައިނަލުން އެމެރިކާގެ އަމަންޑާ އަނިމިސޯވާ ޖާގަ ހޯދައިފި އެވެ.
ތޭރަ ވަަނަ އަށް ސީޑުކޮށްފައިވާ އަނިމިސޯވާ، 23، ވަނީ ވަރުގަދަ ފޯމެއްގައި ކުޅެ، ސަބަލެންކާ އަތުން މޮޅުވެފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ، 6-4 4-6 6-4 އިންނެވެ. ދެ ގަޑިއިރާއި ބަޔަށް ވުރެ ގިނަ ވަގުތު ހިނގި މި މެޗުގައި، އަނިމިސޯވާ ވަނީ ޕްރެޝަރު ވަގުތުތަކުގައި، ސަބަލެންކާގެ ބާރު ބޯޅަތަކަށް ޖަވާބުދީފަ އެވެ.
މެޗަށް ފަހު، އަނިމިސޯވާ ބުނީ، މިއީ، ގަބޫލުކުރަން ވެސް ދަތި ނަތީޖާއެއް ކަމަށާއި މި ކަން ހާސިލްކުރަން އޭނާ ކޯޓުމަތީގައި އާދަޔާހިލާފު ހިތްވަރެއް ނެރެންޖެހުނު ކަމަށެވެ. މި މެޗުން މޮޅުވެވުނީ ކިހިނެއް ކަމެއް މި ވަގުތު ކިޔައިދޭނެ ގޮތެއް ނޭނގޭ ކަމަށާއި އެނގޭހާ ވެސް ކަމަކީ، ވިމްބަލްޑަންގެ ފައިނަލުގައި ކުޅުމަށް މި ފަހަރު އޭނާ އަށް ކުރެވުނުހާ މަސައްކަތެއް ކުރުމުގެ މަސައްކަތުގައި އައި ކަމަށް އަނިމިސޯވާ ބުނެފައިވެ އެވެ.
އެންމެ ފަހުން ކުޅުނު ތިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ފައިނަލަށް ދަތުރުކުރި ސަބަލެންކާ ވަނީ، އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި، މެޑިސަން ކީސް އަތުން ބަލިވެފަ އެވެ. އަދި، ފްރެންޗް އޯޕަން ފައިނަލުގައި ބަލިވީ ކޮކޯ ގޯފް އަތުންނެވެ.
މީގެ ހަ އަހަރު ކުރިން، އަނިމިސޯވާގެ އުމުރުން 17 އަހަރުގައި އޭނާ ވަނީ ފްރެންޗް އޯޕަންގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ. އަދި، އޭގެ ހަތަރު އަހަރު ފަހުން، ނަފްސާނީ ދުޅަހެޔޮ ކަމަށް ވަގުތުތަކެއް ބޭނުންވާތީ ޓެނިހުން ހަތް މަހުގެ ބްރޭކެއް ވެސްނެގި އެވެ.
މާދަމާ ކުޅޭ އަންހެން ސިންގަލްސް ފައިނަލުގައި، އަނިމިސޯވާ ކުޅެން ޖެހޭނީ، އީގާ ސްވިއަޓެކްއާ އެވެ. ސްވިއަޓެކް ވަނީ ސެމީ ފައިނަލުގައި ސްވިޒަލެންޑްގެ ބެލިންޑާ ބެންސިޗް އަތުން 6-2، 6-0 އިން މޮޅުވެފަ އެވެ.
ސަބަލެންކާ ކަޓުވާލައި އަނިސިމޯވާ ވިމްބަލްޑަން ފައިނަލަށް ސަބަލެންކާ ކަޓުވާލައި އަނިސިމޯވާ ވިމްބަލްޑަން ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ