ގައުމީ ނިއުސް އެޖެންސީއެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ދައުލަތުގެ މީޑިއާ، ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އިބްރާހީމް ވަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.
ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ މި ފަހުމުނާމާގެ ދަށުން ގާއިމްކުރެވޭ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
މިއީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މަޢުލޫމާތުގެ އިތުރުން، އެކަމަކާ ގުޅޭ ފޮޓޯ އަދި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ޚިދުމަތެކެވެ.
މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ޚިދުމަތް ފޯރުކޮށްދެވޭނީ ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ ގުޅިގެން، ވުޒާރާގެ ބައިވެރިވުން އޮންނަ ގޮތަށްކަން ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މި ޚިދުމަތަކީ ރާއްޖޭގެ މީޑިއާ ދާއިރާއަށް ގެނެވޭ މުހިންމު ކުރިއެރުމެއް ކަމަށް ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ގައުމީ ނިއުސް އެޖެންސީއެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ