އަބްދުއްރަހުމާން އާދަމް މަރާލި މައްސަލަ އާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި އައްޑޫ މީހަކު ހައްޔަރުކޮށްފި ​“ބީވާ އާއިލީ ހަވީރު” މީދޫ ގައި ކުލަގަދަކޮށް ފާހަގަ ކުރަނީ! ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގ

އއ. ބޮޑުފޮޅުދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރުމާއި، ރ. ކިނޮޅަހުގައި ވޮލީބޯޅަ ކޯޓާއި ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިީމް ނިޔާޒްއެވެ. އަދި އެމްޓީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ޢަބްދުއްރަހުމާން ޔޫސުފްއެވެ.
ކިނޮޅަހުގައި ތަރައްގީކުރާ ވޮލީކޯޓަކީ ސަރުކާރުގެ ބަޖެޓުން 1.24 މިލިއަން ރުފިޔާ ހަރަދުކުރައްވައިގެން 120 ދުވަހުގެތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މިމަސައްކަތުގެ ދަށުން ވޮލީ ކޯޓުގެ ކޮންކްރީޓް މަސައްކަތާ ފާރު ރޭނުމާއި ޓާފް އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކުރެވުނު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާނީ ފާރު ރޭނުމުގެ މަސައްކަތާ ކޮންކްރީޓްގެ މަސައްކަތުގެ އިތުރުން ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ