ޕެރިސް (އޮގަސްޓް 12) - ޔޫރޮޕާ ލީގުގެ ޗެމްޕިއަން، ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅޭ ޔުއެފާ ސުޕަ ކަޕް މެޗަށް ޕީއެސްޖީން ނެގި ސްކޮޑުން އެ ޓީމުގެ އިޓަލީ ކީޕަރު، ޖިއަންލުއިޖީ ޑޮނަރުންމާ ބާކީކޮށްފި އެވެ.
ޕީއެސްޖީން ލިލް އަށް ކުޅޭ ފްރާންސް ގައުމީ ޓީމުގެ ގޯލްކީޕަރު، ލޫކަސް ޝެވަލިއޭ، 60 މިލިއަން ޑޮލަރު ދީފައި ގަނެފަ އެވެ.
މިދިޔަ އަހަރުތަކުގައި ޕީއެސްޖީ ގޯލު ބެލެހެއްޓި، އުމުރުން 26 އަހަރުގެ ޑޮނަރުންމާއާ އެކު، އެ ކްލަބުން ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
ޑޮނަރުންމާ، މި ވަގުތު ޕީއެސްޖީގައި ހުރީ ސީޒަނަކު 11 މިލިއަން ޑޮލަރުގެ މުސާރަ އަކަށެވެ. ޕީއެސްޖީން އެންމެ ފުރަތަމަަ، އާ ކޮންޓްރެކްޓާ އެކު ހުށަހެޅި ޑީލުގައި ބޯނަހާ އެކު ވެސް ޑޮނަރުންމާ އަށް ލިބޭނީ 11 މިލިއަން ޑޮލަރެވެ. އެހެންވެ، އޭނާ ވަނީ އެއްބަސްވުން އާ ކުރަން ދެކޮޅު ހަދައިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، މިހާރު ޕީއެސްޖީން ނިންމާފައިވަނީ ޑޮނަރުންމާ އަށް އާ ކޮންޓްރެކްޓެއް ނުދީ އޭނާ ދޫކޮށްލުމަށެވެ. ޑޮނަރުންމާ އަންނަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަކާ އެކު މަޝްވަރާތަކެއް ކުރަމުންނެވެ.
މާދަމާރޭ އިޓަލީގައި ކުޅޭ ޓޮޓެންހަމް އާއި ޕީއެސްޖީ މެޗަށް ނެގި ސްކޮޑުން، ޕީއެސްޖީން ނިންމާފައިވަނީ، ޑޮނަރުންމާގެ ބަދަލުގައި ޝެވަލިއޭ އަށް ފުރުސަތު ދިނުމަށް ކަމަށް ފްރާންސްގެ ލެކިއުޕޭ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި، ޑޮނަރުންމާ އާއި ޕީއެސްޖީގެ ސީނިއާ މެނޭޖްމަންޓްގެ ގުޅުން ގޯސްވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ސުޕަ ކަޕް ސްކޮޑުން ވެސް ޑޮނަރުންމާ އަށް ޖާގަ ނުދިން ސުޕަ ކަޕް ސްކޮޑުން ވެސް ޑޮނަރުންމާ އަށް ޖާގަ ނުދިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ