ދިރާގު ޓީވީ ހުއްޓުވާލި އިސްލާހު ބްރޯޑްކޮމްއިން ބަދަލުކޮށްފި
ދިރާގު ޓީވީއިން ދެމުން ދިޔަ, ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ކުއްލި ގޮތަކަށް ހުއްޓާލަން ޖެހޭ ގޮތަށް, މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން 2022 ވަނަ އަހަރު ގެނައި އިސްލާހު ބާތިލް ކުރުމަށް އެ ކޮމިޝަނުން މިއަދު ނިންމައިފިއެވެ. ވަރަށް ފުޅާ ދާއިރާއެއްގައި ޚިދުމަތް ދެމުން ދަނިކޮށް, ދިރާގު ޓީވީ އާއި ދިރާގު ޕްލޭ ހުއްޓާލަން ޖެހުނީ, ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުން ބްރޯޑްކޮމްއިން މަނާކުރުމާ ގުޅިގެންނެވެ. މުއާސަލާތީ ޚިދުމަތް ދޭ ދިރާގުގެ 52 ޕަސެންޓް ހިއްސާއަކީ ބަހުރެއިންގެ ކުންފުންޏެއް ކަމުގައިވާ ބަޓެލްކޯއެވެ. ދިވެހި ސަރުކާރު ހިއްސާ ވަނީ 41 ޕަސެންޓެވެ. އަނެއް ހަތް ޕަސެންޓް ހިއްސާދާރުންނަކީ ހިއްސާ ގަނެފައިވާ އާއްމުންނެވެ. https://www.sun.mv/172026 ރީބްރޯޑްކާސްޓް ކުރުމުގެ ގަވައިދަށް 2022 ވަނަ އަހަރު ބްރޯޑްކޮމްއިން ގެނައި ބަދަލުގައިވާ ގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރަން އެދޭ ކުންފުންޏަކީ 100 ޕަސެންޓް ދިވެހިން ހިއްސާ ވާ ކުންފުންޏަކަށް ވާން ޖެހެއެވެ. ނަމަވެސް މިއަދު ބްރޯޑްކޮމްއިން ވަނީ ހަމަ އެކަނި ދިވެހި ކުންފުނިތަކަށް ރީބްރޯޑްކާސްޓް ކުރެވޭ ގޮތަށް ގެނައި ބަދަލު އުވާލައިފައެވެ. އެ ކޮމިޝަނުގެ މެންބަރަކު ވިދާޅުވި ގޮތުގައި އެ ގޮތަށް ބަދަލު ކުރީ ފަހުން ގެނައި ބަދަލާއެކު ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ޚިދުމަތަށް އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީ ކަމަށެވެ. އަދި މިބަދަލު ގެނައީ އެއް ބައެއްގެ އަތްމައްޗަށް ރީބްރޮޑްކާސްޓް ކުރުމުގެ ދާއިރާ ގޮސް މޮނޮޕޮލައިޒް ކުރުމުގެ ފުރުސަތު ނުދިނުމަށް ޓަކައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ކުއްލި ބަދަލުން ދިރާގަށް ބޮޑު ގެއްލުމެއް ގަވާއިދަށް އޭރު ގެނައި މި ކުއްލި ބަދަލާ ގުޅިގެން، އިންސާފުވެރި ހަމަތަކުގެ މަތިން ހިންގާ ދެމެހެއްޓެނިވި ރެގިއުލޭޓަރީ ނިޒާމެއްނެތި، ދިރާގުޓީވީ އަދި ދިރާގު ޕްލޭގެ ޚިދުމަތް ކުރިއަށް ނުގެންދެވޭނެތީ، އެކަން ޙައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއެކު ގިނަގުނަ މަސައްކަތްތަކެއް ދިރާގުން ވަނީ އޭރު ކޮށްފައިކަމަށް އެ ކުންފުނިން އޭރު ބުންޏެވެ. އޭރު ބްރޯޑްކާސްޓިން ކޮމިޝަންގައި ތިއްބެވި ބައެއް މެމްބަރުން--- ފޮޓޯ/ ބްރޯޑްކޮމް އެ ކުންފުނިން އޭރު ބުނީ ދިރާގުން މި ނިންމުން ނިންމަންޖެހުނީތީވެ ނުހަނު ހިތާމަކުރާ ކަމަށާއި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި މަޢާފަށް އެދޭ ކަމަށެވެ. އަދި ދިރާގުން އޭރު ވަނީ ބްރޯޑްކޮމް ގޮވައިގެން ކޯޓަށް ވެސް ގޮސްފައެވެ. ނަމަވެސް އެ މައްސަލަ ފަހުން ވަނީ އެ ކުންފުނިން ނަގައިފައެވެ. ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އަލަށް އޭރު ލިބިފައިވާ އެސްއެސް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއެކު ދިރާގުން ވަނީ, އައިޕީޓީވީ އަދި އޯޓީޓީ ވިއުގައިގެ ޚިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. އޭރު ދިރާގު ޓީވީ ހިންގާތާ ހަތް އަހަރު ވީއިރު އެ ޚިދުމަތް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް ރާއްޖޭގެ 85 ޕަސެންޓް ގޭބިސީއަށް ވަނީ މަގުފަހިކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ