މަސްތުވާތަކެތީގެ މައްސަލައެއްގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އއ. އުކުޅަހުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާގޮތުގައި، އިޝާން ހައްޔަރުކޮށްފައިވަނީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ޑްރަގް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށްޓަކައި، އިއްޔެއެވެ.
މި މައްސަލައާ ގުޅިގެން އިޝާން ޙަސަންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ ފަސްދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މަޢުލޫމާތު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ