އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ޖޫން 12 ގައި ބާއްވަން ނިންމައި، ކުރިމަތިލާން ހުޅުވާލައިފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނުގައި ބުނީ ޗެއާޕާސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލެވޭނީ އެމްޑީޕީގެ މެންބަރަކަށް ވެފައި، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި މަޖިލިސްގެ އިންތިހާބުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ މީހުންނަށް ކަމަށް އެ ޕާޓީން ބުންޏެވެ.
އެ އިއުލާނުގައިވާ ގޮތުން ކުރިމަތިލާ މީހުން ފޯމާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަރީގެ ކުށާއި ދަރަނީގެ ރެކޯޑް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކުށުގެ ރެކޯޑް ފޯމު ހުށަހަޅަންޖެހޭނީ ގޫގުލް ފޯމު މެދުވެރިކޮށެވެ. ޗެއާޕާސަން އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެ ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމާއި ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ