ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން، ދުނިޔެ ދުށް އެންމެ ނުބައިނުލަފާ އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ޖެފްރީ އެޕްސްޓީންގެ މަޝްވަރާ މުހައްމަދު ވަޙީދު ހަސަން މަނިކު ހޯއްދަވާފައިވާ މައްސަލަ ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފި އެވެ.
މޫސާ މަނިކު މިކަމަށް ގޮވާލެއްވީ، އެމެރިކާގެ ޑިޕާޓްމެންޓު އޮފް ޖަސްޓިސްއިން އާންމުކޮށްފައިވާ ބައެއް ލިޔުންތަކުގައި، ވަހީދު ރައީސްކަމުގައި ހުންނެވި ދުވަސްވަރު ވެސް އެޕްސްޓީންއާ އެކު އެކި ކަންކަމުގައި މަޝްވަރާކޮށް، ދައުލަތް ހިންގުމުގެ ކަންކަމުގައި މުއާމަލާތް ކޮށްފައިވާކަމުގެ ހެކިތައް ހުރިކަމަށް ފެންމަތިވުމާ ގުޅިގެންނެވެ.
އެޕްސްޓީންގެ މުޑުދާރު، ނަޖިސް އަމަލުތައް ވަހީދަށް އެނގޭ ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި އެޕްސްޓީން އާއެކު ރާއްޖޭގައި ރަށެއް ތަރައްގީކުރަން މަސައްކަތް ކުރި ކަމާއި ރިޔާސީ ކެމްޕޭންއަށް އޭނާ މެދުވެރިވެގެން ފައިސާ ހޯދަން މަސައްކަތް ކުރިކަން ވެސް ފަޅާ އަރާފައިވެ އެވެ.
"އެޕްސްޓިން ފަދަ ކުޑަކުދިންނަށް ޖިންސީ އަނޔާކޮށް، އެއްޖިއްސުން ގުޅުން ހިންގާ މީހެއްގެ ފަރާތުން ދިވެހި ދައުލަތް ހިނގުމުގެ ލަފާ ހޯދުމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކޮށްގެންނުވާނެ އެތައް ކަމެއް ކުރުމަށް މަޝްވަރާކޮށްފައިވާކަމުގެ ލިއުންތަކެއް އެމެރިކާގެ ސްޓޭޓްޑިޕާޓްމަންޓުން ނެރެފައި ވާތީ، އިނގިރޭސިވިލާތުގެ ސިޔާސީ ބައެއް ފަރާތްތަކާމެދު އެޕްސްޓީން ފައިލުން ހަމާވާ ކަންކަމުގާ ކުރަމުންގެންދާ ފަދަ ތަޙްޤީގެއް މުހައްމަދު ވަހީދު ހަސަންމަނިކުގެ މައްޗަށް ހިންގުމަކީ މިއަދުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޢިޒު ކުރައްވަން ޖެހޭނެ ކަމެއް،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންކަން ވެސް ކުރެއްވި މޫސާ މަނިކު އެކްސްގައި ކުރެއްވި މި ޕޯސްޓެއްގައި ފާހަގަ ކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ދައުލަތް ހިންގުމުގެ އެންމެހައި ދާހިލީ އަދި ހާރިޖީ ކަންކަމުގައި މަޝްވަރާ ކުރާނޭ ވަޒީރުންގެ މަޖިލީހަކާއި، ގާނޫނީ ލަފާ ހޯދުމަށް ބަންޑާރަނައިބަކު ހުންނަވަނިކޮށް، އެޕްސްޓީންގެ ފަރާތުން އެފަދަ ލަފާ ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހުވަޔާ ހިލާފު ކަމެކެވެ.
އެޕްސްޓީންއެކު ވަހީދު ބޭއްވި ގާތް ގުޅުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވާން ފެށުމުން ވެސް މުއިއްޒު އޭނާ ވަގާމުން ވަކިނުކޮށް ހުއްޓައި، އެންމެ ފަހުން އޭނާ އަމިއްލަ އަށް އިސްތިއުފާ ދެއްވި އެވެ.
އެޕްސްޓީންއާއެކު ވަހީދު ބޭއްވި ގުޅުންތައް ތަހުގީގު ކުރަން މޫސަ ގޮވާލައްވައިފި އެޕްސްޓީންއާއެކު ވަހީދު ބޭއްވި ގުޅުންތައް ތަހުގީގު ކުރަން މޫސަ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ