މާލޭ އަމީނީ މަގުގައި ހުންނަ މާލޭ ހިޔާ 1ގެ ފަސް ވަނަ ބުރިން މަގުމައްޗަށް އުމުރުން ދުވަސްވީ މީހަކު މިއަދު ވެއްޓުމާ ގުޅިގެން އޭނާއަށް ފަރުވާދޭން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނީ މާލޭ ހިޔާ 1 އިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް މިއަދު ހެނދުނު 6:50 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ:
ވެއްޓުނީ 60 އަހަރުގެ ދިވެހި ފިރިހެނެއް
އޭނާ ވެއްޓުނީ 5 ވަނަ ބުރިން
"އެ މީހާއަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުން،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މާލޭ ހިޔާ 1ގެ 5 ވަނަ ބުރިން އުމުރުން ދުވަސްވީ މީހަކު ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ