ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓް، ސްވައިޕް ޓެސްޓް ކުރަން ފަށައިފި

ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު، ސްވައިޕްގެ ބީޓާ ޓެސްޓުތައް ފަށައިފި އެވެ.
ވީ ކިހިނެއް؟ - ބީއެމްއެލް އިން މިއަދު ބުނީ ސްވައިޕްގެ ބީޓާ މަރުހަލާގައި ބައެއް ކަސްޓަމަރުންނާއި ވިޔަފާރިތައް
ބައިވެރިކޮށްފައިވާ ކަމަށެވެ. މިއީ ސްވައިޕްގެ ހިދުމަތް އާންމުކޮށް ހުޅުވާލުމުގެ ކުރިން،
ބޭނުންކުރާ ފަރާތްތަކަށް އެންމެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ހިންގާ ޓެސްޓިން މަރުހަލާއެއް ކަމަށް ވެސް ބޭންކުން ބުންޏެވެ.
ތަފްސީލް - ބީއެމްއެލް އިން ބުނީ އަންނަ މަހުން ފެށިގެން ސްވައިޕް ޕްލެޓްފޯމްގައި ވިޔަފާރިތައް ރަޖިސްޓްރީ ކުރަން
ފަށާނެ ކަމަށެވެ.
މީގެ ސަބަބުން ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަށް
ވިޔަފާރިތަކަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ.
މީގެ އިތުރުން ކަސްޓަމަރުންނަށް ސްވައިޕް އާންމުކޮށް ހުޅުވާލާ ރާއްޖޭގައި ކުރާ މުއާމަލާތްތަކުގެ ތެރެއިން އެކަކު އަނެކަކަށް ވަގުތުން ފައިސާ
ފޮނުވުމާއި ފައިސާ ލިބުމުގެ ހިދުމަތް ވެސް އަންނަ އަހަރު ފަށާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި
މެނޭޖިންް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ސްވައިޕް އާންމުންނަށް ހުޅުވާލުމުގެ ކުރިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން  އަންނަ ކަމަށެވެ.
"2026 ވަނަ އަހަރުގެ ކުރީކޮޅު
ޕޭމަންޓްތަކާއި ބައިނަލްއަގުވާމީ މުއާމަލާތްތަކުގެ ހިދުމަތް ފެށުމަށް
އަޅުގަނޑުމެންގެ ޓީމުން މިދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން. ފުރަތަމަ
ކުއާޓަރުގައި ބައިނަލްއަގުވާމީ ޕާޓްނާޝިޕްތަކާއެކު ސްވައިޕްގެ ހިދުމަތް
ފުޅާވެގެންދާއިރު، ސްވައިޕް މެދުވެރިކޮށް ރާއްޖެ ދުނިޔޭގެ މާކެޓާ ގުޅުވައިދީ،
ޑިޖިޓަލް މާލީ ހިދުމަތްތަކުގައި ބީއެމްއެލް އިން ދަމަހައްޓަމުން އަންނަ ކުރިއެރުން އިތުރަށް ހަރުދަނާވެގެންދާނެ." ބީއެމްއެލްއިން ބުންޏެވެ. 
ބީއެމްއެލް އިން ބުނީ އަމާޒަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، ސްވައިޕްގެ ހިދުމަތްތައް
ރާއްޖެއިން ބޭރަށް ފުޅާކުރުން ކަމަށެވެ.
މިގޮތުން
ބީއެމްއެލް އިން
ދުނިޔޭގެ މަގުބޫލު ޕޭމަންޓް ނެޓްވޯކްތަކާ ގުޅިގެން ސްވައިޕް މެދުވެރިކޮށް
ދިވެހިންނަށް ރާއްޖެއިން ބޭރުން ފައިސާ ގެނެވޭނެ ގޮތް ހަމަޖައްސާނެ
ރާއްޖެއަށް
ޒިޔާރަތްކުރާ ފަތުރުވެރިންނަށް ދިވެހި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ ގޮތާއި
ދިވެހީންނަށް ރާއްޖެއިން ބޭރުގައި ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖެހިގެންދާނެ
 މިއާއެކު ސްވައިޕް ވެގެންދާނީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށާއި ރާއްޖެއިން
ބޭރުގެ މުއާމާލާތްކުރާ ދިވެހިންނަށް އަދި ރާއްޖެއާއެކު ވިޔަފާރީގެ
މުއާމަލާތްތައް ކުރާ ބޭރުގެ ވިޔަފާރިތަކަށް ވެސް ބޭނުންތެރި ހިދުމަތަކަށް
އެންމެ ޒަމާނީ، ސަލާމަތީ ގިނަ
ފިޔަވަޅުތަކާއެކު ތަރައްގީކޮށްފައިވާ އަދި ރާއްޖޭގެ އިތުރުން
ބައިނަލްއަގުވާމީ ގަވާއިދުތަކާއި ފައިސާ ދެއްކުމުގެ ޝަރުތުތަކާއި އުސޫލުތަކަށް
ފުރިހަމައަށް ފެތޭ ސްވައިޕް އަކީ ދުނިޔޭގެ އެހެނިހެން ޑިޖިޓަލް ވޮލެޓްތަކުގެ ބަދަލުގައި
ބޭނުންކުރެވޭނެ ދިވެހި ޑިޖިޓަލް ވޮލެޓެކެވެ.
ކަސްޓަމަރުންނަށް ސްވައިޕް
މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި ދުނިޔޭގެ ކޮންމެ ގައުމަކުންވެސް
އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ހަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށް ބަލާލެވޭނެއެވެ.
ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް
ކާޑެއް ބޭނުންކޮށްގެންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ. އަދި
ބީއެމްއެލްގެ އެކައުންޓްތަކަށް ފައިސާ ފޮނުވާ، އެ އެކައުންޓުން ފަސޭހަކަމާއެކު
ފައިސާ ނޭގެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ