ހދ. ކުޅުދުއްފުށްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، އެޗްޑީސީއާ ހަވާލުކޮށްގެން، އެ ސިޓީގައި ތަރައްގީކުރާ 2،000 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އަޅައިފި އެވެ.
މިކަމަށްޓަކައި މިރޭ ކުޅުދުއްފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިންގ ޔުނިޓުތަކުގެ ބިންގާ އަޅައިދެއްވީ، ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. އަބްދުﷲ މުއްތަލިބް އާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް އަދި އެޗްޑީސީގެ މެނޭގިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރިޓެޔަރޑު) އަލީ ޒުހައިރުއާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދުދާވޫދު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދުގެ އިތުރުން، ޓީމްވަން އިންޑިޔާ ޕްރައިވެޓް ލިމިޓެޑް ގެ ޑިޒައިން ޑިރެކްޓަރ ބަޝީރު އަހްމަދު އުރަފާ އެވެ.
ކުޅުދުއްފުށިސިޓީގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުއެއް ފެށުން
އާއިލީ ބޯހިޔާވަހިކަމަށް އިސްކަންދީގެން މިރޭ ބިންގާ އެޅިގެންދިޔަ އެ މަޝްރޫއުގެ ދަށުން، 14 ބުރީގެ މިކްސްޑް ރެސިޑެންޝިއަލް އިމާރާތްތަކުގައި 1856 ފްލެޓު ތަރައްގީ ކުރާނެ އެވެ.
އަދި ކުޅުދުއްފުށީން ދޫކޮށްފައިވާ ގޯތިތަކުގައި އަމިއްލަ ގެދޮރު ތަރައްގީކޮށްދިނުން ހިމެނެ އެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާނީ ހުސް ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑް ކުންފުންޏާއެވެ.
މިރޭގެ ރަަަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ ވާހަކަ ދައްކަވަނީ
ކުޅުދުއްފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް، އެ ރަށުގައި 2،000 ހައުސިންގ ޔުނިޓު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ވައުދެކެވެ. އެގޮތުން، އެ މަޝްރޫއު، ހައުސިންގ މިނިސްޓްރީގެ ފަރާތުން އެޗްޑީސީއާ ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހު އެވެ.
އެޗްޑީސީގެ އަމާޒަކީ، މި ހައުސިންގ ޔުނިޓުތަކުގެ މަސައްކަޔް ތަވަލާ އެއްގޮތަށް ނިންމައި، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ކުޅުދުއްފުށީގައި 14 ބުރީގެ 13 ޓަވަރު، ބިޔަ މަޝްރޫއުގެ ބިންގާ އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ