މާލޭގެ ފާށަނާކިލެގެފާނު މަގުގައި ހުންނަ “ފްރެޝް ލައިޓް” ގެއިން މީހަކު މަރުވެފައި އޮއްވާ ފެނުނު ހާދިސާގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، އެ މީހާގެ ހަށިގަނޑުގެ އޮޓޯޕްސީ ހަދަން ފުލުހުން ނިންމައިފި އެވެ.
މަސްތުވާތަކެތި ބޭނުންކުރާ “ޑްރަގް ކެފޭ” އެއްގެ ގޮތުގައި ބޭނުންކުރާ އެ ގޭގެ ތެރޭގައި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 13:10 ހާއިރު އެވެ. މި ހާދިސާ ހިނގި ގެއަކީ މީގެ ކުރިން ވެސް ފުލުހުން އެތައް ފަހަރަކު ރެއިޑްކޮށްފައިވާ ތަނެކެވެ.
ފުލުހުން ބުނި ގޮތުގައި، މަރުވެފައި އޮތް މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި މަރުވިތާ ގިނަ އިރުތަކެއް ވެފައިވުމުގެ އިތުރުން އެތަނުގެ މާހައުލަށް ބަލައި މިއީ ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ މަރެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވެ އެވެ.
އެހެންކަމުން މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ފިޔޯރީގައި މީހަކު ގެނބިގެން މަރުވި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ ސަރުކާރުގެ އަމާޒަކީ ގައުމަށް ބޭނުންތެރި ހިދުމަތްތެރި ފުލުހުން އުފެއްދުން: ރައީސް މީސްމީޑިއާގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ