ދިރާގުޕޭން ރިލޯޑްކޮށްގެން ހިލޭ ކްރެޑިޓް ދެނީ

ދިރާގުޕޭ އެޕް މެދުވެރިކޮށް ވަކި އަދަދުތަކެއް ރީލޯޑް ކޮށްގެން %6 ކްރެޑިޓް އިތުރަށް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ:
100ރ.ގެ ރީލޯޑަކަށް އިތުރު 6ރ.
200ރ.ގެ ރީލޯޑަކަށް އިތުރު 12ރ.
500ރ.ގެ ރީލޯޑަކަށް އިތުރު 30ރ.
ތަފްސީލް - މި އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް، ދިރާގުޕޭ އެޕްގައިވާ 'ފީޗާޑް' ޓެބް މެދުވެރިކޮށް 'ދިރާގު ރީލޯޑް' އިހްތިޔާރުކުރުމަށް ފަހު ޕްރިޕެއިޑް ފޯނު ނަންބަރު އަދި ރީލޯޑްކުރަން ބޭނުންވާ އަދަދު ޖަހައިގެން ކުރިއަށް ދިއުމުން އިތުރު ކްރެޑިޓް ލިބޭނެ އެވެ.
މި ފުރުސަތު އަންނަ ޖޫން 16ގެ ނިޔަލަށް ލިބޭނެ އެވެ.
ފާހަގަކޮށްލެވޭ - ރީލޯޑް ހިދުމަތުގެ އިތުރުން ދިރާގުޕޭ އީ-ވޮލެޓުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއަ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާ ދެއްކުން ފަދަ ކަސްޓަމަރުންނަށް ބޭނުންތެރި ހިދުމަތްތައް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ