އުރީދޫގެ 'ހިނގާ' ޕްރޮމޯޝަންގެ ދެވަނަ ގުރުއަތުލުމަށް މަހަކަށް ވެއްޖެ އެވެ.
ވީ ކިހިނެއް؟ - އުރީދޫގެ ކަސްޓަމަރުން ކުރާ ކޮންމެ ރީޗާޖަކާއި ބިލު ދެއްކުމަކާ އަދި އެކްޓިވޭޝަނަކާ އެކު ކުރިއަށް އޮތް ގުރުއަތުލުމުގެ ފޯރި ދަނީ ގަދަވަމުންނެވެ.
މިއީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ. މި އަހަރުގެ ތެރޭގައި ޖުމްލަ ހަ އޭޓީވީ ދިނުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމާއި ގުޅޭ މިފަދަ އުޅަނދެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
ތަފްސީލް - މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔަކަށް ނ. ހޮޅުދުއަށް އުފަން ހަސަން ނިޝާން ހޮވުނުކަން އިއުލާން ކުރުމާ އެކު، ގިނަ ބައެއްގެ މެދުގައި ފޯރި ވަނީ އިތުރުވެފަ އެވެ. ގުރުއަތުލުމަށް އެއް މަސްދުވަސް ބާކީ އޮތުމުން، ދެން އޭޓީވީ ލިބޭ ނަސީބުވެރިއަކަށް ވުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަކީ ފަސޭހަ ކަމެކެވެ. އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400ރ. ހަރަދުކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ. މީގެ ތެރޭގައި ހިމެނެނީ:
ޕްރީޕެއިޑް ރީޗާޖުތައް
ޕޯސްޓްޕެއިޑް ބިލުތައް ދެއްކުން
ސުޕަނެޓް އަދި އެއާފައިބާ ސަބްސްކްރިޕްޝަންތައް
އެޑް-އޮންތަކާއި ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރުން
ކޮންމެ މުއާމަލާތަކާ އެކު ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދާނެ އެވެ.
އުރީދޫން ދޭ 2 ވަނަ އޭޓީވީ އުޅަނދުގެ ނަސީބުވެރިޔާ ހޮވަން މަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ