ރިސޯޓެއްގެ ޕޫލަކަށް ވެއްޓި 2 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އީދު ހަވީރަށް ތަރުހީބު ބޮޑު: އެމްއެންޑީއެފް އުރީދޫގެ އީދު ސައި މާލެ އާއި ހުޅުމާލޭގައި، އަތޮޅުތަކަށް ވެސް އީދު ހަދިޔާ ރެސިޕީ: ޗިކެން ބިރިޔާނީ މަގުބޫލު ލިޔުންތައް މާލޭގެ ގެއަކުން މީހަކު ސަލާމަތްކުރި

އައްޑޫ ސިޓީގެ ހިތަދޫ ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްހައި ކާރެއް ފުރޮޅާލުމުގެ ސަބަބުން އަނިޔާވި ޑްރައިވަރު އިތުރު ފަރުވާއަށް މާލެ ފުރުވާލައިފިއެވެ.
ފުލުހުން ބުނީ، އަައްޑޫ ސިޓީ ހިތަދޫ ހިއްކި ސަރަހައްދުގައި ބާރު ސްޕީޑުގައި ދުއްވި ކާރެއް ފުރޮޅާލައި އެކްސިޑެންޓް ވެފައިވާކަމުގެ ރިޕޯޓްކޮށްފައި ވާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި އެކްސިޑެންޓްވި ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ