ވިލިމާލޭގައި ޗައިނާގެ އެހީގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށަން ސޮއިކޮށްފި

ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އަމަލީ މަސައްކަތް ފަށަން ސޮއިކުރިކަން ހާމަކުރައްވައިފައެވެ. އަދި މިއީ މުހިންމު އަމާޒެއް ހާސިލްވި ކަމެއް ކަމަށާއިި ސީދާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށް ވެސް ވިދާޅުވިއެވެ. https://x.com/muththo/status/2013175765563589103 ޗައިނާގެ ހިލޭ އެހީގެ ދަށުން ޑިޒައިންކޮށް، އިމާރާތްކުރާ މި ހޮސްޕިޓަލްގެ ސާވޭ މަސައްކަތަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސް، ހޮސްޕިޓަލް ސައިޓުގައި ސާވޭއެއް ކުރީ މި މަހުގެ ފަސްވަނަ ދުވަހެވެ. ގާތްގަނޑަކަށް 12،900 އަކަމީޓަރުގެ ސަރަހައްދެއް ހޮސްޕިޓަލު ސަރަހައްދަށް ނަގާނެއެވެ. އޭގެތެރެއިން ހޮސްޕިޓަލް އަޅާނީ 6000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މި ހޮސްޕިޓަލްގައި 112 އެނދުގެ ކެޕޭސިޓީ ހުންނާނެއެވެ. އެމަޖެންސީ ޑިޕާޓްމަންޓުތަކާއި، ޓެސްޓުކުރެވޭ ފެސިލިޓީތަކާއި، ފަރުވާދޭން ޚާއްސަ ތަންތަނާއި، އައުޓްޕޭޝަންޓް އަދި އިންޕޭޝަންޓު ޚިދުމަތް ދެވޭ ވަސީލަތްތައް ވެސް ގާއިމްކުރާނެއެވެ. މީގެ އިތުރުން އިދާރީ ކަންކަމަށް ޚާއްސަ އޮފީސް ސަރަހައްދެއް ވެސް ހުންނާނެއެވެ. https://sun.mv/216354 މި މަޝްރޫއުގެ ޑިޒައިންގައި އިސްކަންދޭނީ ރާއްޖޭގެ ގުދުރަތީ މާހައުލާއި، ޗައިނާއާއި ރާއްޖޭގެ ސަގާފީ ގުޅުން ރަމްޒުކޮށްދިނުމަށް ކަމަށް އެމްބަސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ