ވިލިމާލެ މޫދަށް ފީނަން ގޮސް އުޅުނު މީހަކު މަރުވެއްޖެ
ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނިކޮށް، މޫދު އަޑިން ފެނިގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން މަރުވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 06:30 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ މީހާ ފެނިފައިވަނީ ހޯދަމުން ދަނިކޮށް އެ ދުވަހުގެ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައެވެ. ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ވަގުތުން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް، ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އެ މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ޓަކައި ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ