ރިޔާސީ އިންތިހާބު ބާއްވަންވީ ވަކީން، އެ ދުވަހާ ބާއްވަންވީ ދެން އޮތް އިންތިހާބުތައް: އުމަރު

ރިޔާސީ އިންތިހާބު ބާއްވަންވީ ވަކީން ކަމަށާ އެ ދުވަހާ ބާއްވަންވީ ދެން އޮތް އިންތިހާބުތައް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ނުފޫޒުގަދަ ސިޔާސީ ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާއި ގުޅޭގޮތުން އުމަރުގެ ހިޔާލު ހިއްސާކުރައްވާ ކުރެެއްވި ޕޯސްޓެއްގަ އެވެ.
އުމަރު ވިދާޅުވީ ތިން އިންތިހާބުގެ ބަދަލުގައި ދެ އިންތިހާބެއް އޮންނަ ގޮތަށް ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކުއެކީ ބާއްވަންވީ އެންމެ މުހިންމު ދެ އިންތިހާބު ނޫން ކަމަށް ވިދާޅުވި އެވެ. 
“އެއްކޮށްލަން ވާނީ އެންމެ ކުޑަ ދެ އިންތިހާބު. އެއީ މަޖިލީސް އިންތިހާބާއި ކައުންސިލް އިންތިހާބު،”
އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބަކީ ގައުމުގެ ކުރިމަގު ކަނޑައެޅުމާއި ގުޅޭ އެންމެ ބޮޑު އިންތިހާބު ކަމަށެވެ. އަނެއް ދެ އިންތިހާބަކީ ވަކިވަކި ދާއިރާތަކާ ގުޅުންހުރި ދެ އިންތިހާބު ކަމަށެވެ.
އަދި ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ބަހަނާގައި އެންމެ ބޮޑު ދެ އިންތިހާބު އެއްކުރުމަށް ފަހު އެންމެ ކުޑަ އިންތިހާބު ބޮޑު ހަރަދުކޮށްގެން ބޭއްވުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.
އުމަރު ވަނީ ބޮޑު ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގަން ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓްގައި އެގޮތަށް ފެންނަ ކަމަށް ޕީއެންސީއާ ޖުމްހޫރީ ޕާޓީއާ އެމްޑީއޭއާ އަދާލަތުން ތާއީދު ކުރެ އެވެ.
އެމްޑީޕީއާ ޕީއެންއެފް އެ ވޯޓްގައި އެދެނީ ނޫނެކޭ ބުނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ