މިއަހަރު އުމްރާއަށް ދިޔަ މީހުންގެ ތެރެއިން އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މި ޗުއްޓީގައި 7 ހާހަށް ވުރެ ގިނަ ދިވެހިން އުމްރާއަށް ގޮސްގައިވާކަން ފާހަގަކޮށް ޝަހީމް ވިދާޅުވީ، ޖުމުލަކޮށް އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އެޑްމިޓްކުރެވިފައިވާ ބަލި މީހެއް ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާ އާއި ގުޅިގެން ކުރަމުން އަންނަކަމަށާއި މި މަހުގެ 10 ވަނަ ދުވަހު ބަލިމީހާ މާލެ ގެނެވޭނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އިތުރަށް ޝަހީމް ވަނީ މިކަމުގައި މޯލްޑިވިއަން އަދި އައިޖީއެމްއެޗުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.
ސްކޫލްތަކުގެ އަހަރީ ޗުއްޓީއާ ދިމާކޮށް ޑިސެމްބަރުމަހާއި ޖެނުއަރީމަހު ރާއްޖެއިން 7،726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ވަނީ ގޮސްފައެވެ.
މިނިވަން ކެންޑިޑޭޓުންގެ ތާއީދު ފޯމު ހަމަކުރަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް ޝަހީދު އަލީ ސްކޫލް ދެ ދަންފަޅިއަށް ހަދައިގެންވިޔަސް ފުރުސަތު ދޭނެ: މިނިސްޓަރު ކޮޅަކަށް 799 ރުފިޔާ: އަންނަ މަހު ތޮއްޑޫ އަށް ސީޕްލޭން ފަށަނީ މާލޭގެ 7 ވިޔަފާރިއެއް ބަލައި ފާސްކޮށް، ގަވ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ