މިފްކޯގެ ސީއީއޯ ކުރީގެ ވައިސް ޗީފް ފަރުހަތު އައްޔަން ކޮށްފި މިފްކޯގެ ސީއީއޯގެ މަޤާމުން ޑރ.ވިޓާލީ ވަކިކުރައްވައިފި މަސްވެރިން ކޫއްޑުއާއި އައްޑުއަށް ކިރުވާފައިވާ މަހަށް ފައިސާދީ ޚަލާސްކޮށްފި މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 17.35 މިލިއަން ރުފިޔާ ޖަމާކުރަ

ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ ފުރަތަމަ ދުވަހު އެ ކުންފުނީގެ ސެންޓަރުތަކަށް 25 ދޯންޏަކުން މަސް ކިރުވިއެވެ. މި ދޯނިފަހަރަށް ޖުމްލަ 1.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ޖުމްލަ 1،508،161 (އެއް މިލިއަން ފަސްލައްކަ އަށްހާސް އެއްސަތޭކަ ފަސްދޮޅަސް އެއް) ރުފިޔާއެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މަސްވެރިންނަށް ލަސްނުވެ ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި، މަހަށް ހަމަ އަގު ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ