އުރީދޫ އިން ތައާރަފުކުރި “ޓެކްސްޓް އަ ކޮފީ” ވަރަށް ސަޅި! އުރީދޫގެ އުމްރާ ދަތުރު: މިފަހަރުގެ ނަސީބުވެރިޔަކީ އައްޑޫ މީހެއް! އުރީދޫ ފަން ރަން މިއުޒިކް ޝޯގައި ތަފާތު އަދި ހުނަރުވެރި އެކި މިއުޒިކް ބޭންޑުތަކުން ބައިވެރިވާނެ އުރީދޫން ސްރީލަންކާއަށް މިހާރު ހިލޭ ގ

އުރީދޫއިން މައުލޫމާތު ދިން ގޮތުގައި މި ނެޓްވޯކް ފުޅާކުރުމުގެ މައިގަނޑު މަގުސަދަކީ އާންމު ފަރުދުންނާއި ވިޔަފާރިތައް އިތުރަށް ބާރުވެރިކުރުވުމެވެ. މި ބަދަލާއެކު އިންޓަނެޓްގެ ހިދުމަތް ކުރިއަށްވުރެ ހަލުވިވެ، “ލޯ ލޭޓެންސީ” ނުވަތަ މެދުކެަނޑުމެއް ނެތި އޮމާންކަމާއެކު މުވާސަލާތީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މިހާރުގެ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު، ހައި-ޑެފިނިޝަންކޮށް ވީޑިއޯ ސްޓްރީމް ކުރުމާއި، އޮންލައިން ގޭމިން އަދި ރިމޯޓްކޮށް މަސައްކަތް ކުރުން ފަދަ ކަންކަމަށް 5ޖީ ގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ކިޔަވާ ކުދިންނަށް އޮންލައިންކޮށް ތައުލީމު ހާސިލުކުރުމަށާއި، ކޮންޓެންޓް އުފައްދާ ފަރާތްތަކަށް އެމީހުންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މި ނެޓްވޯކްގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އުރީދޫއިން ފާހަގަކުރެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި 5ޖީ ނެޓްވޯކް ފުޅާކުރަމުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޑޭޓާ ބޭނުންކުރާ މިންވަރަށް ބެލުމަށްފަހުއެވެ. މިގޮތުން ގޭބިސީތަކާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ޑިޖިޓަލް ދުނިޔޭގައި ކުރިއަށް ދިއުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކުންފުނީގެ އަމާޒެކެވެ.
އުރީދޫއިން އަންނަނީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ނެޓްވޯކް އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ