ސަރުކާރު މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން މުސާރައިން ނުކެނޑޭ ގޮތަށް ދުވާލަކު 2 ފަހަރު 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި މި ބިލު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް އެވެ.
ތަފްސީލު - މި ބިލުން ގެންނަ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ ދަރިފުޅު ގާތަށް ދިޔުމަށް ދޭ ހުސްވަގުތުކޮޅު ލިބޭ މުއްދަތު އިތުރު ކުރުމެވެ.
އެކަން ބަޔާން ކުރަނީ ގާނޫނުގެ 45 ވަނަ މާއްދާގަ އެވެ. އެގޮތުން، އެ މާއްދާގައި ވަނީ:
މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް މުސަރާއިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ވެސް ދަރިފުޅު ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދޭން ވާނެ ކަމަށް އެ މާއްދާގައި ބުނޭ
އެގޮތަށް ދުވަލަކު ދެ ފަހަރު 30 މިނެޓުގެ ހުސްވަގުތުކޮޅެއް ލިބޭނީ، ކުއްޖާއަށް އެއް އަހަރު ވަންދެން ކަމަށް އެ މާއްދާގައި މިހާރު ބުނެ އެވެ.
މެންބަރުގެ އިސްލާހުގައި ވަނީ ކުއްޖާއަށް ދެ އަހަރު ވަންދެން އެ ލުއި ލިބޭ ގޮތަށް އެ މުއްދަތު އިތުރުކުރުމަށް ހިމަނުއްވާފަ އެވެ.
ސަރުކާރު މުވައްޒަފުންގެ ދަރިންނަށް 2 އަހަރު ވަންދެން 30 މިނިޓުގެ ހުސް ވަގުތު ލިބޭ ގޮތަށް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ