އިންޑޮނޭޝިޔާގައި ދެ ރޭލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފަސް މީހުން މަރުވެއްޖެ

އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާ ކައިރީގައި ހޯމަ ދުވަހުގެ ރޭ ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މަދުވެގެން ފަސް މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.
އިންޑޮނޭޝިޔާގެ ނޭޝަނަލް ސަރޗް އެންޑް ރެސްކިއު އެޖެންސީ (BASARNAS) ގެ ވެރިޔާ މުޙައްމަދު ސަފީޢީ ވިދާޅުވި ގޮތުގައި، ރޭލުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަންގާރަ ދުވަހުގެ ހެނދުނާ ހަމައަށްވެސް ދިޔައީ ކުރަމުންނެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، މަދުވެގެން ހަތަރު މީހަކު އަދިވެސް ދިރިތިއްބާ ރޭލުގެ ދަގަނޑުތަކުގެ ތެރޭގައި ތާށިވެފައި އެބަތިއްބެވެ. ނަމަވެސް ރޭލުގެ ބައިތަކަށް ލިބިފައިވާ ބޮޑު ގެއްލުމުގެ ސަބަބުންނާއި ޖާގަ ކުޑަވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ