ގެދޮރު އިމާރާތްކުރުމާއި މަގު ހެދުމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި

ގެދޮރު އިމާރާތްކުރުމާއި މަގު ހެދުމަށް އީއައިއޭ ހަދަން ނުޖެހޭ ގޮތަށް 'ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) ހެދުމާ ބެހޭ ގަވައިދު' އިސްލާހުކޮށްފިއެވެ. ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ މި ގަވައިދަށް މިދިޔަ ހުކުރު ދުވަހު ވަނީ އިސްލާހެއް ގެނެސްފައެވެ. މިގޮތުން، އީއައިއޭ ހަދަން ޖެހޭ ކަންކަމާއި ހަދަން ނުޖެހޭ ކަންކަމުގެ ލިސްޓަށް ވަނީ ބަދަލުގެނެސްފައެވެ. މީގެ ކުރިން ގަވައިދުގައި އީއައިއޭ ހަދަން ޖެހޭ ބައެއް ކަންކަން ވަނީ، އެ ލިސްޓުން އުނިކޮށްފައެވެ. އޭގެތެރޭގައި، މަގު ހެދުމާއި ގެދޮރު އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގުން ހިމެނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ގަވައިދުގައި ބުނަނީ، ތަރައްގީގެ މަސައްކަތެއް ފެށުމުގެކުރިން ތިމާވެށީގެ ގޮތުން ނިންމި ގޮތުގެ ލިޔުން ހޯދުމަށް އެންވަޔަރަމެންޓް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ. އެ ގަވައިދު ތަންފީޒު ކުރާނީ، އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ