މި އަހަރުގެ ރޯދަމަހުގެ ފިތުރު ޒަކާތް، މިއަދުން ފަށައިގެން ބަލައިގަންނަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ޒަކާތު ހައުސް އިން މިއަދު ބުނި ގޮތުގައި، ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަންނާނެ އެވެ.
ތަފްސީލް - މި އަހަރު ވެސް އޮންލައިންކޮށް ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަަޖައްސާފަ އެވެ. އެގޮތުން، އެ ތަނުން ބުނި ގޮތުގައި، ހަތް ޕްލެޓްފޯމެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އެވެ.
އެއީ:
ދިރާގުގެ އެޕްލިކޭޝަނާއި ވެބްސައިޓު މެދުވެރިކޮށް
އުރީދޫގެ އެޕްލިކޭޝަން
އިސްލާމިކް ބޭންކުގެ އެޕްލިކޭޝަން
ބީއެމްއެލްގެ އެޕްލިކޭޝަން
އަވަސް އެޕްލިކޭޝަން
ފަހިޕޭ އެޕްލިކޭޝަން
ބަނޑޭރި ޕޭ އެޕްލިކޭޝަން
އޮންލައިންކޮށް ޒަކާތް ނުދައްކާ މީހުން، އިސްލާމީ މަރުކަޒަށް ގޮސް އެކަން ކުރެވޭނެ މަގުވަނީ ފަހިކޮށްދީފަ އެވެ. އެކަމަކު އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުން ފެށިގެންނެވެ.
ޒަކާތު ހައުސް އިން ބުނި ގޮތުގައި:
އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 10 އިން މެންދުރުފަހު 1 ޖަހަންދެން
10 މާޗުގެ ފަހުން ހުކުރު ދުވަސް ނޫން ކޮންމެ ދުވަހެއްގައި ވެސް ޒަކާތް ބަލައިގަންނާނެ
ރަށްރަށުގައި އެގޮތަށް ޒަކާތް ދެއްކޭނީ ރަށު ކައުންސިލަށް ގޮސްގެންނެވެ.
ޒަކާތުގެ ނިސްބަތް:
އާދައިގެ ހަނޑޫ - 12ރ.
ތައިލެންޑް ހުދު ހަނޑޫ - 53ރ.
ރަތް ހަނޑޫ - 96ރ.
އާދައިގެ ބާސްމަތީ ހަނޑޫ - 77ރ.
މޮޅު ބާސްމަތީ ހަނޑޫ - 109ރ.
އެންމެ މޮޅު ބާސްމަތީ ހަނޑޫ - 136ރ.
އާދައިގެ ފުށް - 10ރ.
އާޓާފުށް - 75ރ.
އެނގުން މުހިއްމު - ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ރެކޯޑު މިންވަރެއް ލިބިފައިވެ އެވެ. އެގޮތުން، ޖުމްލަ 13.2 މިލިއަން ރުފިޔާ ލިބުނުއިރު، މިއީ އޭގެ ކުރިން ދުވަހަކު ވެސް ނުލިބޭ މިންވަރެކެވެ.
ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ