ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަންތައް ފުރިއްޖެ

ސްރީލަންކާގެ ޕެޓްރޯލް ސްޓޭޝަންތައް ބޭރުގައި ދުއްވާ އުޅަނދުތަކުން ކިއު ހަދާ ޕެޓްރޯލް ސްޓޭޝަންތައް ފުރިއްޖެއެވެ.
ސްރީލަންކާގެ ސަރުކާރުން ޑިޖިޓަލް ކިއު-އާރް ސިސްޓަމެއް ތައާރަފުކޮށް ޕެޓްރޯލްތަކަށް ވަނީ ކޯޓާ އެއް ކަނޑައަޅައިފައެވެ. އެގޮތުން، އިންޖީންތައްލީ އުޅަނދުތަކަށް ހަފްތާއަކު އެޅޭނީ 15 ލީޓަރުގެ ތެލެވެ. އަދި އިންޖީނުލީ ސައިކަލުތަކަށް އެޅޭނީ ހަފްތާއަކު 5 ލީޓަރު ތެލެވެ.
އެގޮތުން ގިނަ ރައްޔިތުން ދަނީ ތެޔޮ ހުސްވެދާނެތީ ވީހާވެސް އަވަހަށް ލިބެން އޮތް އެންމެ ގިނަ ވަރަށް ތެޔޮ ހޯދަން ޕެޓްރޯލް ސްޓޭޝަންތައް ބޭރުގައި ކިޔު ހަދަން ފަށާފައެވެ.
މި ފިޔަވަޅުތައް ސްރީލަންކާއިން އަޅަން ފަށާފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެންނެވެ. އަދި ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާގެ ގިނަ ޤައުމުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. 
މެދުއިރުމަތީގެ ހަނގުރާމައަށް 2 ހަފްތާއަށްވުރެ ގިނަ ދުވެސްވެފާވާއިރު އިރާނުން ދަނީ އަމާން ނުދޭނެކަމަށް ބުނަމުންނެވެ. އަދި އެމެރިކާ އާއި އިޒްރޭލުން ބުަނަނީ ހަނގުރާމަ ވަރަށް އަވަހަށް ނިމިގެންދާނެކަމަށެވެ. ނަމަވެސެ، މަާހިރުން ބުނާ ގޮތުގައި މި ހަނގުރާމަ ދިގު ދައްމައިލައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ