ލޯންޗް ފެރީތަކުގެ ޓިކެޓްގެ އަގުތައް ރެކޯޑް އަގަކަށް މައްޗަށް

މާލެއާ އަތޮޅުތެރޭގެ ރަށްތަކަށް ކުރާ ލޯންޗްދަތުރުތަކުގެ އަގުތައް ރެކޯޑް މިންވަރަކަށް އުފުލިއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގައި ތެއޮ ވިއްކާ ތަންތަނުން ތެލުގެ އަގު ބޮޑުކޮށްފައިވާއިރު، ބައެއް ލޯންޗްތަކުން ވަނީ އެކި ފަހަރުމަތިން ތެލުގެ އަގު ބޮޑުކޮށްފައެވެ. ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތެއޮ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން މާލެއިން ރ އަތޮޅުގެ ރަށްތަކަށް ދަތުރުތައްކުރާ ލޯންތައް ޓިކެޓްގެ އަގު ކޮޅަކަށް 1000 ރުފިޔާއަށް ވަނީ އަގުބޮޑުކޮށްފައެވެ. މީގެ ކުރިން ރ އަތޮޅުގެ ރަށްތަކަށް ދަތުރުތައް ކޮށްފައިވަނީ 700 ރުފިޔާ އާއި 750 ރުފިޔާ އާ ދެމެދުގެ އަގުތަކަށެވެ.
މާލެއާ ރ އަތޮޅާ ދެމެދު ފެރީ ދަތުރުތައް ބާއްވަމުން އަންނަ ނަސްރު ސްޕީޑުން ވައިބާ ގްރޫޕަށް ކުރި މެސެޖެއްގައި ބުނެފައިވަނީ، ތެއޮ ގަންނަން ލިބޭ އަގު ބޮޑުވުމާ ގުޅިގެން މާދަމައިން ފެށިގެން ރ އަތޮޅަޑށް ކުރާ ދަތުރުތަކުގެ އަގު 1،000 ރުފިޔާއަށް ބޮޑުކޮށްފައިވާކަމަށެވެ. 
މައުލޫމާތު ލިބިފައިވާގޮތުގައި ރ އަތޮޅުގެ އިތުރުން ތ އަދި ހއ ހިސާބަށް ދަތުރުކުރާ ލޯންޗުތަކުން ޓިކެޓްގެ އަގުތައްވެސް ވަނީ ބޮޑުކޮށްފައެވެ.
ލޯންތައް އޮޕަރޭޓްކުރާ ބައެއް ފަރާތްތަކުން ބުނީ، ތެލުގެ އަގު ބޮޑުކުރަން ޖެހުނީ ބައުޒަރުތަކުން ތެއޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުން ޕެޓްރޯލް ލީޓަރެއް މިހާރު ލިބެނީ 25 ރުފިޔާއިން މަތީގެ އަގުތަކަށްކަމަށް އެފަރާތްތަކުން ބުނެއެވެ.
ރާއްޖޭގައި ތެލުގެ އަގު ހުރިގޮތަށް ބަލާއިރު، މާލެ ސަރަހައްދުގައި އާއްމުނަށް ޕެޓްރޯލް ލީޓަރެއް 16.01 ރުފިޔާއަށް ލިބޭއިރު، ބ އަތޮޅުގައި ޕެޓްރޯލް ލީޓަރެއް 17 ރުފިޔާއަށް ލިބެއެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ވިޔަފާރީގެ ބޭނުންތަކަށް ވިއްކަމުން އަންނަ ޕެޓްރޯލްގެ އަގު ބޮޑުކޮށްފައެވެ. 
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަވައްޓެރި ސްރީލަންކާ އަދި އިންޑިއާގައިވެސް އަާއްމުންގެ އިތުރުން ވިޔަފާރިތަކަށް ތެލާއި ގޭސް ލިބުން މިހާރު ވަރަށް ދައްޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ